ކޭސް 26 އަކީ ޕޮޒިޓިވް ކޭސްއެއް ނޫން ކަމަށާއި، އެއީ ޕްރޮބަބްލް ކޭސްއެއް ކަމަށް ބުނެފިއެވެ.
މިކަން ހާމަކޮށްފައި ވަނީ މިރޭގެ ނޫސްވެރިންގެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮވިޑް-19 ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒެވެ. ޕްރޮބަބްލް ކޭސްތަކަކީ މީހެއްގެ ފުރަތަމަ ޓެސްޓް ޕޮޒިޓިވްވެ ދެވަނަ އަދި ތިން ވަނަ ފަހަރު ވެސް ނެގެޓިވްވެފައިވާ ކޭސް ތަކެވެ.
ކޭސް 26 އަކީ ޕްރޮބަބްލް ކޭސްއަކަށްވީ ނަމަވެސް، ޕޮޒިޓިވް ކޭސްތަކުގެ ލިސްޓްގައި، 37 އަހަރުގެ އެ އަންހެން މީހާ ހިމަނާފައި އެ ވަނީ އެނގިފައިވާ ގޮތުގައި ހައި ރިސްކް އޮތް އަދި ޑައިރެކްޓް ކޮންޓެކްޓް މީހަކަށް ވާތީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭނާ ވެސް ބަލާނީ އެކްޓިވް މީހެއްގެ ގޮތުގައި ބަލާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މި ކޭސް ޕްރޮބަބްލް ނަމަވެސް އެއީ، ޕޮޒިޓިވް ކޭސްތަކުގެ ލިސްޓް އެކުލަވާލާ ގޮތް ކަމަށް އެޗްޕީއޭ ބުނެފައިވާއިރު، އެހެންވެ، ލިސްޓްގެ އިންޑެކްސް އަށް މިހާރު ވެސް ބަދަލެއް ނާންނާނެއެވެ، ފުރަތަމަ ޓެސްޓްގައި ޕޮޒިޓިވް ވުމަށް ފަހު އޭގެ ފަހުން ނެގެޓިވް ވިޔަސް، ޓެގް ޓީމުން ދެން ބަލަނީ އޭނާގެ ކޮންޓެކްޓަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެގޮތުން ކޭސް 26 އަކީ ކޭސް 23 އާ ގުޅުން އޮތް މީހެކެވެ.
ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދާއިރު ރާއްޖެއިން ވަނީ ޖުމްލަ 67 ޕޮޒިޓިވް ކޭސް ފެނިފައެވެ. އަދި މީގެ ތެރެއިން 16 މީހަކު ރަނގަޅުވެ، 2 މީހަކު ރާއްޖެއިން ފުރައިގެން ގޮސްފައިވާއިރު، މި ބައްޔަށް މިހާރު 49 މީހަކު ދަނީ ރާއްޖޭގައި ފަރުވާ ހޯދަމުންނެވެ. އެއީ ރާއްޖެއިން ބޭރުގައި ހުރެފައި ރާއްޖެ އައި 2 ދިވެހިންނާއި، މާލެ އިން ޕޮޒިޓިވްވި 24 ދިވެހިންގެ އިތުރުން މާލެއިން ޕޮޒިޓިވްވި 23 ބިދޭސީންނެވެ.
މާލެ ސަރަހައްދުން ފުރަތަމަ ފަހަރަށް މި ބަލި ފެނިފައިވަނީ މިދިޔަ ބުދަ ދުވަހެވެ. އެގޮތުން ބުދަ ދުވަހު 1 ކޭސް ފެނިފައިވާއިރު، ބުރާސްފަތި ދުވަހު 2 ކޭސް، ހުކުރު ދުވަހު 5 ކޭސް އަދި ހޮނިހިރު ދުވަހު 7 ކޭސް ވަނީ މާލެއިން ފެނިފައެވެ. މީގެ އިތުރުން އިއްޔެ 17 ކޭސް ފެނިފައިވާއިރު އޭގެ ތެރެއިން 1 ކޭސް ވަނީ ހއ. އުލިގަމަށް ދަތުރުކޮށްފައެވެ. އަދި މިއަދު ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައިވާ 15 ކޭހެއް މާލެ ތެރެއިން ފެނިފައެވެ.
އިތުބާރެއްނުކުރެވޭ ޓެގުޓީމަކަށްވެސް