ރާއްޖެއިންނ އިތުރު 7 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މިއަދު ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ޕޮޒިޓިވް ވެފައިވަނީ 3 ދިވެއްސަކާއި، 4 ބިދޭސީން ކަމަށެވެ.ރާއްޖެއިން އިތުރު ހަތް މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައި ވާއިރު، މީގެ އިތުރަށްވެސް މިއަދުވަނީ ރާއްޖެއިން ކޮވިޑަށް 8 މީހަކު ޕޮޒިޓިވް ވެފައެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް19 އަށް މާލެއިން މިއަދު ޕޮޒިޓިވް ވެފައިވަނީ 6 ދިވެއްސަކާއި، ބަންގަލަދޭޝްގެ 2 މީހެއް ކަމަށެވެ. އަދި އެ މީހުން އައިސޮލޭޝަން ފެސިލިޓީތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މި މީހުންނާއި މީގެކުރިން މާލެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންނާއި އެއްވެސް ގުޅޭމެއް ވޭތޯ ބަލަމުންދާ ކަމަށެވެ.

ކޮވިޑް19 އަށް އިތުރު 7 ރާއްޖެއިން ޕޮޒިޓިވް ވެފައި ވާއިރު، މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 67 މީހަކު މިވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. ހަމައެކަނި އިއްޔެވެސް މާލެއިން ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 14 މީހަކާއި އިންޑިއާއަށް ނިސްބަތްވާ ދެ މީހަކާ އެކު ޖުމްލަ 16 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. އަދި އޭގެ އިތުރަށް އުލިގަމުންވެސް ދިވެއްސަކު ވަނީ ޕޮޒިޓިވް ވެފައެވެ.

ކޮވިޑް19 މާލެ ސިޓީއިން ފެނުމާއެކު އެ ސަރަހައްދުވަނީ 14 ދުވަހުގެ މުއްދަތަށް ލޮކްޑައުން ކޮށްފައެވެ. އަދި މީގެ އިތުރަށް އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުންވެސް ވަނީ މަނާ ކޮށްފައެވެ.