ރަށް ރަށަށް ބޭނުންވާ ކާޑުގެ ބާވަތާއި ޕެރިޝަބަލް އައިޓަމްސްތައް ފޮނުވުމުގެ މަސައްކަތް އެސްޓީީއޯއިން ފަށައިފިއެވެ.
އެސްޓީއޯއިން ބުނީ ރަށްރަށަށް ބޭނުންވާނެ ކާޑުގެ ބާވަތްތައް ފޮނުވުމަށްޓަކައި އެތަކެތި ދޯނިތަކާއި ބޯޓުތަކަށް ޑެލިވާ ކޮށްދިނުމުގެ މަސައްކަތް މިހާރު ފަށާފައި ކަމަށާއި ކާޑާއި ބިސް ފަދަ ތަކެތި މިހާރުވެސް ބައެއް ރަށްރަށަށް ފޯރުކޮށްދީފައިވާ ކަމަށެވެ.
އެގޮތުން ޑެލިވަރީ ކޮށްދީފައިވާ ރަށްތަކުގެ ތެރޭގައި ބ. އޭދަފުށި ހިމެނޭއިރު ބިސް ފަދަ ޕެރިޝަބަލް އައިޓަމް ޑެލިވަރީ ކޮށްދިން ތަންތަނުގެ ތެރޭގައި އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީ ހިމެނެއެވެ.
ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުންދާ ކޮވިޑް19ގެ ސަބަބުން ރާއްޖެއިން ކާޑުގެ ބާވަތްތަކާއި ބޭހުގެ ބާވަތްތައް ހުސްވެދާނެތީ ރައްޔިތުން ހާސްނުވުމަށާއި އެންމެ ނުރައްކާތެރި ހާލަތުގައިވެސް ރައްޔިތުންނަށް ބޭނުންވާ ތަކެތި ލިބޭނެ ގޮތް ހެދުމަކީ އެސްޓީއޯގެ އަމާޒުކަމަށާއި އެފަދަ ހާލަތަށް ދިޔަ ނަމަވެސް އެސްޓީއޯ އޮތީ ތައްޔާރަށް ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވަނީ ވިދާޅުވެފައެވެ.