ދިވެހިން އާންމުކޮށް ބޭނުންކުރާ އަސާސީ މުދާ ބަލައި މާލެއަށް ދަތުރުކޮށް މާލޭ ނޯތް ހާބަރަށް ކައިރި ކުރެވޭނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ރާއްޖޭގެ ހުރިހާ ރަށަކުންނާއި ރިސޯޓު ތަކުން ފެނާއި އަދި އެނޫންވެސް އަސާސީ މުދާ ބަލައި މާލޭ ނޯތު ހާބަރަށް ކައިރި ކުރެވޭނެ ކަމަށެވެ. މިފަދަ އުޅަނދުގައި ދޯނީގެ ފަޅުވެރިން ނޫން ބަޔަކު ނުގެންދެވޭނެ ކަމަށްވެސް ފުލުހުން ބުނެއެވެ.
ދަތުރު ކުރުމުގެ ކުރިން ރަށު ކައުންސިލް ތަކަށް އެންގުމަށްވެސް ފުލުހުން ވަނީ އަންގާފައެވެ.
މާލެއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވް ވީ އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް އަންހެނެކެވެ. އަދި އެ މީހާއާ ހަމައިން މާލޭގައި ޕޮޒިޓިވްވާ މީހުންގެ އިތުރު ކޭސްތަށް ފެނި މިހާރު ވަނީ ޖުމްލަ 13 ކޭސް އެއް މާލެ އިން އެކަނި ފެނިފައެވެ. އަދި ޖުމްލަ އަދަދު ވަނީ 33 އަށް އަރާފައެވެ.
މި ހާލަތާއެކު ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ވަނީ މާލޭގެ ލޮކްޑައުން 14 ދުވަހަށް އިތުރު ކޮށްފައެވެ. އަދި މުޅި ރާއްޖެ ވަނީ ލޮކްޑައުން ކޮށްފައެވެ. މީގެ އިތުރުން މި މަހުގެ ނިޔަލަށް ސަރުކާރުވެސް ވަނީ ބައްދުކޮށްފައެވެ.