ރާއްޖެއިން ބޭރުން އަންނަ ދިވެހިން ކަރަންޓީން ކުރުމުގެ އުސޫލާ ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ ބޭފުޅަކު ކަރަންޓީން ނުކޮށް ދޫކޮށްލި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރާ ވާހަކައަކީ ދޮގެއް ކަން ހާމަވެއްޖެއެވެ.
ކޮވިޑް-19 އާ ގުޅިގެން އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރާއްޖެއިން ބޭރުން އަންނަ ހުުރިހާ ދިވެހިން 14 ދުވަހަށް ކަރަންޓީންގައި މަޑުކުރަން ވަނީ ހަަމޖައްސާފައެވެ. ނަމަވެސް އިއްޔެ މާލެއިން ޕޮޒިޓިވް ކޭސްތަކެއް ފެނުމާއެކު އެ ކޭސްތަކާ ގުޅިގެން އެތައްބަޔަކު ވަނީ ސޯޝަލް މިޑިއާގައި ފާޑުކިޔާފައެވެ. އެގޮތުން ހުސްނުއްސުއޫދުގެ އަންހެން ދަރިފުޅުވެސް ރާއްޖެއިން ބޭރުން އައި ކަމަށާއި ކަރަންޓީންގައި ނުބަހައްޓާކަަމަށް ބުނެ އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެގެން ދިޔައެވެ.
މިކަމާ ގުޅޭ ގޮތުން އޮންލައިން ނޫހަކަށް ޖަވާބުދެމުން ހުސްނުއްސުއޫދު ވިދާޅުވެފައި ވަނީ އޭނާގެ އަންހެން ދަރިފުޅު ރާނިޔާ ރާއްޖެ އައީ މިދިޔަ މަހު 28 ވަނަ ދުވަހު ކަމަށާއި އެ ދުވަހު ބިޔާދޫ ކަރަންޓީން ފެސިލިޓީގައި އޭނާ ކަރަންޓީން ކުރި ކަމަށެވެ. އަދި ކަރަންޓީންގެ މުއްދަތު ހަމަ ކުރުމަށް ފަހު އޭނާ ދޫކޮށްލާފައި ވަނީ މި މަހު 12 ވަނަ ދުވަހު ކަމަށްވެސް ހާމަކޮށްފައިވާ އެޗްޕީއޭގެ ލިޔުމުން އެނގެއެވެ.
އެގޮތުން އެޗްޕީއޭއިން ރާނިޔާ ކަރަންޓީންގައި ބެހެއްޓުމަށްފަހު ދީފައިވާ ލިޔުމުގައި ވާ ގޮތުން އޭނާ ކަރަންޓީންގެ މުއްދަތުން ދޫކޮށްލާފައިވަނީ އާންމު ސިއްހަތު ރައްކަތެރިކުރުމަށް ކަނޑައެޅުނު ގާނޫނުގެ 12 ވަނަ މާއްދާގައިވާ ގޮތުގެ ދަށުން އޭނާގެ ސިއްހީ ހާލަތު ބެލުމަށްފަހު ކަަރަންޓީންގައި ބެހެއްޓަން ޖެހޭ އިތުރު ސަބަބެއް ނެތުމުން މި މަހުގެ 12 ވަނަ ދުވަހު އެވެ.
އިއްޔެ ޕޮޒިޓިވްވި ކޭސްއާ ގުޅިގެން ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކުގެ ތެރޭގައި ދެކެވެނީ ހަމައެކަނީ ސުއޫދުގެ އަންހެން ދަރިފުޅުގެ ވާހަކަ އެކަންޏެއް ނޫނެވެ. މީގެ އިތުރުން ޕޮޒިޓިވްވި ކޭސްއާ ގުޅުވައިގެން އެފަރާތުން "ޓީ ޕާޓީ"އަކަށް ދިޔަ ކަމަށް ވެސް އަޑުތައް ވަނީ ފެތުރިފައެވެ. އަދި އެ ކަމުގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދާ އާއިލީ ގުޅުން ހުރި ބަޔަކު ޝާމިލް ވެފައިވާ ކަމަށާ އަދި އެކަމަކީ ރައީސް ނަޝީދަށްވެސް އެނގިވަޑައިގަންނަވާ ކަމެއް ކަމަށްވެސް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ބުނަމުންނެވެ.
ކިހާ ބޮޑު ބަލާއެއްތަ. ގޮރުހެނޑިގެންތަ މި ގައުމު ދޫ ކޮއްފައި އެހެނިހެން ގައުމުތަކުގައި ދިރިއުޅުމުގެ ބޭނުމުގައި ދިޔައީ. ސަރުކާރުން ކޮންމެހެން ނުޖެހޭ މި ރުނޑިން ތައް ރާއްޖޭ ގެންނާކަށް. އަވައްގަނޑު ކުޑައައްލާފާ ދުވެ މުޅި މިގައުމު ހަލާކުގެ ތެރެއަށް ގެންގޮސްފައި ވަނީ ހަމަ މިމީހުން
ކަރަންޓީން ފެސިލިޓީއަކަށް ނުގެންދޭ. މި ޤައުމަށް އައީވެސް 27 ގައި. ތިޔަ ލިޔުމަކީ ޞައްޚަ ލިޔުމެއް ނޫން. ޑޭޓް ޖަހާފައިވަނީވެސް ގަލަމުން. ކަރަންޓީނަށް ނުގެންދާކަން އެކަމުގައި އިސްކޮށްއުޅުނު ފަރާތަކުން މައުލޫމާތުދޭ!