ކޮވިޑް-19 އަށް މާލެއިން ފުރަތަމަ ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ ތެރެއިން މޮނިޓަރިންގެ ހާލަތަށް ގެންދިޔަ ގެތަކުގެ އަދަދު 22 އަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މިބައްޔަށް މާލެއިން ޕޮޒިޓިވް ވި ކުޑަކުއްޖާ (ކޭސް 22) އާއި އެ ކުއްޖާގެ މަންމަ (ކޭސް 21) ގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން މިހާތަނަށް ޖުމްލަ 207 ފަރާތެއް ހޯދާފައެވެ. އަދި އޭގެ ތެރެއިން ހައި ރިސްކް އަދި މީޑިއަމް ރިސްކް ފަރާތްތައް އައިސޮލޭޝަން ފެސިލިޓީތަކަށް ގެންގޮސް އައިސޮލޭޓް ކޮށްފައި ވާއިރު، ލޯ ރިސްކް ފަރާތްތައް ވަނީ ހޯމް އައިސޮލޭޝަނަށް ލައި، އެ މީހުންގެ ގެތައް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.
މިހާތަނަށް އެޗްޕީގެ ފަރާތުން މޮނިޓަރިންގެ ހާލަތަށް ގެންދިޔަ ގެތައް
- ހުޅުމާލެ ލޮޓް 11090
- ހ. ރަތްކުރެދިއާރު
- މ. ފީރޯޒުގެ 6ބީ
- މ. ލޯކަށި 3ސީ
- މ. ސޯސަންމާގެ
- ހ. ފެނިގެއްލިދާގެ 7 ވަނަ ފްލޯ
- ހުޅުމާލެ ފްލެޓް 6-2-02
- އަމީން އެވެނިއު ޓީކް 905
- މ. ނާގޮށިވިލާ 2 ވަނަ ފްލޯ
- ހުޅުމާލެ ލޮޓް 11296-ބީ
- މއ. އޯކިޑްގެ
- މ. ޖަރީމާގެ
- މ. މަދޮށިގެ 2 ވަނަ ފްލޯ
- ދުވެލި - ކ. ކާށިދޫ
- ނިއަދުރުމާގެ - ހއ. ވަށަފަރު
- ގ. ވޯކްހައުސް
- ހުޅުމާލެ ލޮޓް 10035-2 ވަނަ ފްލޯ
- ހުޅުމާލެ ފްލެޓް 97-302
- ހުޅުމަލެ ފްލެޓް 1-2-06
- މ. ކުދެހި ގަސްދޮށުގެ 7ބީ
- ސްނޯ ލައިޓް - ތ. މަޑިފުށި
- ނޫމަސްވާދީގެ - ސ. ހިތަދޫ
ކޭސް 22 އާއި ކޭސް 21ގެ ކޮންޓެކްޓް ޓްރޭސިން ހެދި ޖުމްލަ 207 ފަރާތެއް ހޯދިފައިވާއިރު، އެ ދެކޭސްއާ ކޮންޓެކްޓިވި މީހުންގެ ތެރެއިން ހައިރިސްކް އޮތް 75 ފަރާތަކާއި، މީޑިއަމް ރިސްކް އޮތް 43 ފަރާތަކާއި ލޯ ރިސްކް އޮތް 89 ފަރާތެއް ހޯދިފައި ވެއެވެ.ކޭސް 23އާ ކޮންޓެކްޓްވި މީހުންގެ ތެރޭގައި ހައި ރިސްކުގެ ހަތް މީހަކާއި މީޑިއަމް ރިސްކުގެ 28 މީހަކު ވަނީ ފާހަގަ ކުރެވިފައެވެ.
މާލެއިން މިހާތަނަށް ތިން މީހަކު ޕޮސިޓިވްވެފައިވާއިރު ގިނަ ސާމްޕަލްތަކެއް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެނެވެ. ޕޮސިޓިވްވި ތިން މީހުން މިހާރު ތިބީ ފަރުކޮޅުފުށި އައިސޮލޭޝަންގައެވެ. މި ތިން ފަރާތަކީ ވެސް އެއް އާއިލާއަކަށް ނިސްބަތްވާ ތިން ކޭސްއެވެ. ރާއްޖެއިން މި ބައްޔަށް ]ޕޮޒިޓިވް ވެފައިވަނީ ޖުމްލަ 23 މީހެކެވެ. އަދި އޭގެ ތެރެއިން 16 މީހަކު ރަނަގޅުވެފައިވާއިރު، 5 މީހަކަށް ދަނީ ރާއްޖޭގައި ފަރުވާދެމުންނެވެ.