ކޮރޯނާވައިރަސްއާ ގުޅިގެން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ދެމުން ގެންދިޔަ އިރުޝާދުތަކަށް އާންމުން ބޯ ނުލަނބާކަން މާލެއިން ބަލި ޖެހުނު އަންހެން މީހާގެ ޓްރޭސިން ހަދަން ފެށުމުން ފާހަގަ ވެއްޖެ ކަމަށް ޑރ. އަފްޒަލް ވިދާޅުވެއްޖެއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ކޮރޯނާވައިރަސް ފެށުނީއްސުރެ ދެމުން ގެންދިޔަ އިރުޝާދުތަކާއި ގައިދުރުކަމާއި ގޭގައި މަޑުކުރުމަށް ދެމުން ގެންދިޔަ އިރުޝާދުތައް އާންމުން އަހާފައި ނުވާ ކަމަށެވެ.

ރާއްޖެއިން ކޮރޯނާވައިރަސް ފެނި، މީހުން އައިސޮލޭޓް ކުރުމާއި، ކަރަންޓީނު ކުރަމުން ދިޔަ އިރު، ޑޮކްޓަރުން ގެންދިޔައީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު ކެނޑިނޭޅި ދެމުންނެވެ. ނަމަވެސް މާލެ ތެރެއިން ކޮރޯނާވައިރަހަށް ޕޮޒިޓިވް ވި ކޭސް 21 ގެ ކޮންޓެކްޓް ޓްރޭސިން ހަދަން ފެށުމުން ފެނިގެން ދިޔައީ ހައިރާންވާ ވަރުގެ މަންޒަރެކެވެ. މާލެއާއި ހުޅުމާލެއާއި، އަތޮލުތެރޭގެ ބައެއް ރަށްރަށުގެ އެތައް ގެއެއް މޮނިޓަރިންއަށް ވަނީ ގެންނަން ޖެހިފައެވެ.

އާންމު ސަލާމަތާ ރައްކާތެރިކަމަށް އެދި ކަމާބެހޭ ފަރަތްތަކުން އަބަދާއަބަދު ގޮވާލަމުން ދާއިރު، ގޭގައި މަޑުން ނުތިބެ އެތަން މިތަނަށް ދިއުމާ، ޕާޓީ ބޭއްވުމާއި މަސްދަތުރު ދިއުންފަދަ ކަންކަން ކޭސް 21 ގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަ ވެފައި ވާކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ލިސްޓު ކުރެވިފައިވާ 11 ގެ މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވަނީ މާލެއިން ޕޮޒިޓިވް ވި ކޭސް 21 (މާލެއިން ފެނުނު ފުރަތަމަ ކޭސް) އާ ގުޅިގެން ކަމަށެވެ.

ކަމާބެހޭ ފަރާތްތަކުން މިހާތަނަށް އާންމު ކޮށްފައިވާ ގޮތުގައި، ކޭސް 21 އަށް ބަލި ޖެހުނީ ޓެރެވަލް ހިސްޓްރީއެއްވެސް ނެތި އަދި ބަލި ހުރި މީހަކާ ކޮންޓެކްޓެވެގެނެއްވެސް ނޫނެވެ. އެހެން ކަމުން ކޭސް 21 އަކީ، މާލެ ތެރޭގައި ބަލި ފެތުރޭ ކަމުގެ ހެތްކެއްގެ ގޮތުގައި ބަލާ މާލޭ ސަރަހައްދުވެ އެލާޓެ ލެވެލް ވަނީ ރަތަށް ބަދަލުކޮށްފައެވެ.

ކޭސް 21 އަކީ އަންހެނެކެވެ. އޭނާ ކޮރޯނާވައިރަށް ޕޮސިޓިވް ވުމާއެކު ގިނަ ބައެއްގެ ކޮންޓެކްޓް ޓްރޭސިން ދަނީ ހަދަމުންނެވެ. އަދި މިހާރު ކޭސް 21 ގެ ތުއްތު ދަރިފުޅުވެސް ވަނީ ޕޮސިޓިވް ވެފައެވެ. އޭގެ އިތުރުން ކޭސް 21 ދިރިއުޅޭ ގޭގެ، އާއިލާގެ އެހެން މީހާކުވެސް ވަނީ ޕޮޒިޓިވް ވެފައެވެ.

ކޮރޯނާ ވައިރަހަކީ ގައިންގަޔަށް އަރާ ބައްޔެއް ކަމުގައި ވާއިރު ކޭސް 21 ގަޔަށް ބަލި އަރާނީ، ކޮރޯނާވައިރަސް ހުރި އެހެން ކޮންޓެކްޓެއްގެ ސަބަބުންނެވެ. ބޭރުފުށަށް އަލާމާތް ނުފެނިވެސް ހުންނަ މި ބަލީގެ ވައިރަސް އުފުލާ މީހަކާ ކޭސް 21 އާ ދިމާ ވެގެންނެވެ.