މިއަދު މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި މީހަކު ޕޮޒިޓިވްވެއްޖެއެވެ.

މިކަން 'ދަ ޕްރެސް' އަށް ކަށަވަރުވެފައިވާއިރު، މާލެއިން ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި މީހަކު ޕޮޒިޓިވްވެފައިވާއިރު އޭނާއާ 65 މީހަކާ ވަނީ ޑައިރެކްޓް ކޮންޓެކްޓްވެފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މިރޭ ޕޮޒިޓިވް ވި މީހާ މިހާރު ހުރީ އައިސޮލޭޝަން ފެސިލިޓީއެއްގައި ކަމަށެވެ. އަދި މިއީ ރާއްޖެއިން ޕޮޒިޓިވްވި 22 ވަނަ މީހާއަށް ވާއިރު އޭނާ އަކީ ރާއްޖެއިން ޕޮޒިޓިވް ވި 7 ވަނަ ދިވެއްސެވެ.

ކޭސް 21އާ 65 މީހަކު ޑައިރެކްޓް ކޮންޓެކްޓް ވެފައި ވާއިރު، 64 މީހުން އައިސޮލޭޓް ކޮށްފައި ވަނީ މާލޭގައެވެ. އަދި އެކަކު ވަނީ އައްޑޫގައި އައިސޮލޭޓް ކޮށްފައެވެ. އަދި ސެކަންޑަރީ ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް 119 މީހަކު ވަނީ ދެނެގަނެވިފައެވެ. އޭގެ ތެރެއިން 113 މީހަކު އައިސޮލޭޓް ކޮށްފައި ވާއިރު، ހިމެނެނީ ގދ. ވާދޫން 2 މީހަކު ކ. ކާށިދޫން 3 މީހަކުގެ އިތުރުން އައްޑޫން މީހެކެވެ.

މި ކޭސްއާ ގުޅިގެން މާލޭގެ އެލާޓް ލެވެލް "ރެޑް" އަށް ބަދަލުކޮށްފައި ވާއިރު، މ. ޖަރީމާގެ، ހ. ރަތްކުރެދީގެ 4 ވަނަ ފަންގިފިލާ، ސ. ހިތަދޫ، ނޫމަސްވާދީގެ އަދި ކ. ކާށިދޫ ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.

އެޗްޕީއޭއިން ބުނީ، މާލޭގައި މިއަދު ޕޮޒިޓިވް ވި ދިވެހި އަންހެން މީހާއަކީ ރާއްޖެއިން ޕޮޒިޓިވް ވީ މީހަކާ ކޮންޓެކްޓެއް އޮތް މީހެއް ނޫން ކަމަށާއި އަދި ރާއްޖެއިން ބޭރަށް ފަހުގެ ތާރީހެއްގައި ދަތުރުކޮށްފައި ވާ މީހެއް ނޫން ކަމަށެވެ. އަދި މިފަދައިން މާލެއިން މީހަކު ޕޮޒިޓިވް ވުމުން މާލެ ސަރަހައްދުގައި ގައިން ގަޔަށް ކޮވިޑް ފެތުރޭ ކަމަށް ނިންމާ މާލެ ސިޓީގެ އެލާޓް ލެވެލް 4 އެއް (ރެޑް) އަށް ވަނީ މަތިކޮށްފައެވެ.