މިއަދު ކޮވިޑް19 އަށް މާލެ އިން ޕޮޒިޓިވްވި މީހާއަކީ މި ފަހުގެ ތާރީހެއްގައި ރާއްޖެއިން ބޭރަށް ދަތުރު ކޮށްފައި ނުވާ މީހެއްކަން އެނގިއްޖެއެވެ.
"ދަޕްރެސް" އަށް އެނގިފައިވާ ގޮތުގައި މިއަދު މާލެއިން ޕޮޒިޓިވް ވި މީހާއަކީ އަންހެނެކެވެ. މާފަންނުގައި ދިރިއުޅޭ އެ މީހާއަކީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހެއްކަންވެސް ވަނީ އެނގިފައެވެ.
އެމީހާ ކޮވިޑް19 އަށް ޕޮޒިޓިވްވިކަން އެނގުނީ މާލޭގައި ހުންނަ ފްލޫ ކްލިނިކަށް ދައްކަން ދިއުމުންނެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއީ މާލޭން ތެރެއިން ފެނުނު ފުރަތަމަ ޕޮޒިޓިވް ވި މީހާ ކަމަށާއި، އަދި މިއީ ދިވެހިންގެ ތެރެއިން މި ބައްޔަށް ޕޮޒިޓިވް ވި 6 ވަނަ މީހާ ކަމަށެވެ. އަދި މި މީހާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމަށް މިހާރު ދަނީ މަސައްކަތް ކުރަމުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިހާރު ވަނީ 21 އަށް އަރާފައެވެ. އޭގެތެރޭގައި ހިމެނެނީ 15 ބިދޭސީންނާއި ހަ ދިވެއްސެކެވެ. ބިދޭސީންގެ ތެރެއިން 13 މީހަކު ބަލިން ރަނގަޅުވެފައިވާއިރު ތިން ދިވެއްސަކު ވެސް ވަނީ ބަލިން ރަނގަޅުވެފައެވެ.
މާލެތެރެއިން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވި އިރު، ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ފާތުމަތު ނަޒުލާ ރަފީގު ވަނީ ކޮވިޑް-19 ރާއްޖެއަށް އައިސް ފެތުރޭ ހާލަތެއްގައި ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް ނާޅައިފިނަމަ މާލެ ސަހަރަހައްދުން 46،000 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހޭނެ ކަމަށް އަންދާޒާ ކޮށް ހިސާބުތަކެއް އާންމު ކުރައްވާފައެވެ.
ކޮވިޑް-19 އާ ގުޅިގެން ޑަބްލިއުއެޗްއޯ އާއި އެމެރިކާގެ އިމްޕީރިއަލް ކޮލެޖުން ފަރުމާ ކޮށްފައިވާ މޮޑެލް ބޭނުންކޮށްގެން ކުރި އަންދާޒާއިން ދައްކާގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައިފިނަމަ މި ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު 1403 އަށް އަރާނެ ކަމަށެވެ. އަދި ހޮސްޕިޓަލުގައި 140،258 މީހުންނަށް ފަރުވާ ދޭން ޖެހޭނެ ކަމަށާއި، އައިސީޔޫގައި 7013 މީހުންނަށް ފަރުވާ ދޭން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ލަފާ ކޮށްފައެވެ. އަދި އެއްވެސް އަޅާލުމެއް ނެތި ދޫކޮށްލާފައި އޮންނަ ހާލަތުގައި 98000 މީހުނަށް ބަލި ޖެހި މުޅި ރާއްޖެއިން 10000 އަށް ވުރެ ގިނަ މީހުން މަރުވާނެ ކަމަށްވެސް އަންދާޒާ ކޮށްފައިވެއެވެ.
ގޯސްވީ އަދުރޭގެ ހިސާބު މިހާރު މިޖަހާގެން މިއުޅޭ ހިސާބެއް ދޯ މިދިމައެއް ނުވޭ ނިކަން ބަލާ އިންޑިޔާއަށް އެބަ ފެތުރޭބާ އެހާބަރަށް
މިއަންދާޒާ ޕްރޮފެސަރ ޙަސަންއުގައިލް މީޑިއާ އާއި ޙިއްޞާކުރުމުން ވަރަށްގިނަ ބައެއްގެ ނުރުހުން ޕްރޮފެސަރ އަށްްއަމާޒުވި އަދި ޕޮރޮފެސަރ ވަނީ އެކަމަށް މަޢާފަށް އެދިވަޑައިގެންފަ މިފަދަ އަންދާޒާ ތަކަކީ އާއްމުންނާއި ސަރުކާރުގެ ސަމާލުކަމަށްޓަކައި ޙިއްޞާކުރެވޭ އަންދާޒާތައް ޕްރޮފެސަރގެ އަންދާޒާގެ ސަބަބުން އެޗްޕީއޭ ގެ ސަމާލުކަންއެކަމަށް ވަރަށްބޮޑަށްދީ ތައްޔާރީތައް މެކްހައްޖެހިތަން ފެނިގެންދިޔަ އަހަރެންދެކޭނީ މިފަދަ އަންދާޒާތަކަކީ ވަރަށްމުހިއްމު ވަރަށްބޭނުންތެރި އަންދާޒާތަކެއްކަމަށް ވަﷲއަޢުލަމް .