އދ މަހިބަދޫ ފަޅުތެރޭގައި އޮތް 5 ލަޯންޗަކާއި 2 ޑިންގީއެއްގައި ރޯވެ އަނދާ ހުލިވެއްޖެއެވެ. ރޭ ފަތިހު ހިނގި މިހާދިސާގައި ރޯވި އަލިފާންގަނޑު ދާދި ދެންމެ އަކު ވަނީ ނިއްވާލާފައެވެ.

އެމްއެންޑީއެފުން ބުނީ، މަހިބަނދޫގައި އޮތް 5 ލޯންޗަކާއި 2 ޑިންގީގައި އަލިފާން ރޯވެފައިވާ ކަމުގެ ރިޕޯޓު ލިބިފައި ވަނީ މިއަދު ފަތިހު 5:45 ހާއިރު ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ލިބެއެވެ. އެމްއެންޑީއެފްގެ އިތުރުން އެ ރަށުގެ ފުލުހުންވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ.

https://youtu.be/vy_FU6qQh2M

ރޯވެފައިވާ 5 ލޯންޗުގެ ތެރޭގައި ހިމެނެނީ ޕޮލިސް ލޯންޗާއި، އެޓޯލް ލޯންޗާއި، ސީ އެމްބިއުލަންސްގެ އިތުރުން އެޗްއެމްއެޗްއައި ޓްރެވަލް 1 އަދި އެޗްއެމްއެޗްއައި ޓްރެވަލްސް 2 ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ަދ މަހިބަދޫ ފަޅުތެރޭގައި އޮތް ލޯންޗުތައް އަނދާ ހުލިވެފައި

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުރަތަމަ އަލިފާން ރޯވީ ސީ އެމްބިއުލާންސްގައެވެ. އަދި އަލިފާން ރޯވި ގަޑިއަކީ އާންމުކޮށް މީހުން އުޅޭ ގަޑިއަކަށް ނުވާއިރު އެއީ ބަޔަކު ގަސްދުގައި ކުރިކަމެއްކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދިން ފަރާތަކުން ބުނީ، އަލިފާނުގެ ހާދިސާ ހިނގައިގެން މަހިބަދޫ ޕޮލިސް ސްޓޭޝަނަށް އަންގަން ދިޔަ އިރު އެތާގައި މީހަކު ނެތް ކަމަށެވެ.

ަދ މަހިބަދޫ ފަޅުތެރޭގައި އޮތް ލޯންޗުތައް އަނދާ ހުލިވެފައި

އެމްއެންޑީއެފް ފަޔާ ޓީމުން އަލިފާން ނިއްވާލާފައި ވަނީ ހެންދުނު 8:05 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިހާދިސާ ތަހުގީގު ކުރުމުގައި ފުލުހުން ދަނީ ހަރަކާތްތެރި ވަނުންނެވެ.