ކޮވިޑް ޖެހުނު އިތުރު 2 ދިވެއްސަކު ރަނގަޅުވެއްޖެއެވެ.

އެޗްޕީއޭން ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ދެ ދިވެއްސަކު ބަލިން ރަނގަޅު ވެފައިވާ ކަމަށެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި ދިވެހިންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު 3 އަށް އެރީއެވެ. މީގެ ކުރިން ދިވެއްސަކު މިބަލުން ރަނގަޅުވެފައި ވާކަމަށް އެޗްޕީއޭއިން ވަނީ ހާމަ ކޮށްފައެވެ. ރާއްޖެއިން ޖުމްލަ ފަސް ދިވެއްސަކު މިހާތަނަށް ބައްޔަށް ޕޮޒިޓިވް ވެފައި ވާއިރު، މިހާރު ފަރުވާ ދެމުންދަނީ ދެ ދިވެއްސަކަށެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް19 އަށް 20 މީހަކު ޕޮޒިޓިވް ވެފައި ވާއިރު އޭގެ ތެރެއިން 15 މީހުންނަކީ ބިދޭސީންނެވެ. އަދި ބާކީ ފަސް މީހުންނަކީ ދިވެހިންނެވެ.