އެސްޓީއޯއިން ފިޔާ އަލުވި އަދި ބުހުގެ އަގު ހެޔޮކޮށްފިއެވެ.
އެސްޓީއޯއިން ބުނީ ފިޔާ ކިލޯއެއް ކުރިން 15 ރުފިޔާއަށް ވިއްކި ނަމަަވެސް މިހާރު 11 ރުފިޔާއަށް ވިއްކާ ކަމަށާއި ކުރިން 325 ރުފިޔާއަށް ވިއްކަމުން ދިޔަ ފިޔާ ބަސްތާ މިހާރު 255 ރުފިޔާއަށް ވިއްކަން ފަށާފައިވާ ކަމަށެވެ. އަދި ބިހެއް ދޮޅު ރުފިޔާއަށް ވިއްކަން ފަށާފައި ވާއިރު، 290 އަށް ވިއްކަމުން ދިޔަ ބިސްކޭސް 260 ރުފިޔާއަށް ވިއްކަން ފަށާފައިވާ ކަމަށެވެ. މީގެ އިތުރުން 12 ރުފިޔާއަށް އަލުވި ކިލޯއެއް މިހާރު އެސްޓީއޯއިން ވިއްކާ އިރު، 250 ރުފިޔާއަށް ބަސްތާއެއް ވިއްކަމުން ދާ ކަމަށް އެސްޓީއޯއިން ބުނެއެވެ.
މިހާރު ބައެއް ތަކެތީގެ އަގު ހެޔޮކޮށްފައި ވާއިރު، ކޮވިޑް-19އާ ގުޅިގެން ދުނިޔޭގެ އިގްތިސޯދަށް އަސަރުކޮށްފައި ވާ މި ދަނޑިވަޅުގައި އާންމުންނަށް ދަތި ނުވާނެހެން ކާބޯތަކެތީގެ ބާވަތްތައް ހުސްނުވެ ލިބެމުން ދާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
އެގޮތުން މިމަހުގެ 8 ވަނަ ދުވަހު ރާއްޖެއަށް ވަނީ ކާބޯތަކެތީގެ ޝިޕްމެންޓެއް ގެނެސްފައެވެ. އެ ޝިޕްމެންޓު ގެނެސަފައި ވަނީ އިންޑިއާއިންނެވެ. އެ ޝިޕްމެންޓުގައި ފިޔާ، އަލުވި އަދި ބިސް ހިމެނޭ ކަމަށް އެސްޓީއޯއިން ބުނެއެވެ.
މީގެ ކުރިން އެސްޓީއޯއިން ބާޒާރުގައި ފިޔާ އާއި އަލުއްވާއި ބިހުގެ އަގު ދަށް ކުރަން އެސްޓީއޯއިން ވިއްކާ ފިޔާ، އަލުވި އަދި ބިހުގެ އަގު ކޮންޓްރޯލް ކޮށް އަގު ހެޔޮކޮށް ވަނީ ވިއްކަން ފަށައިފައެވެ. އަލުވި އަދި ބިސް ކޮންޓްރޯލް ކޮށްގެން އެ ކުންފުނިން ވިއްކަން ފަށާފައި ވާއިރު، އާއްމުންނަށް ބޭނުންވާ ވަރަށް އެ ބާވަތްތައް އެ ކުންފުނިން މިހާރު ލިބޭނެ ކަމަށްވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.
ޅިޔެފަހުންނައެއްޗިހި ކިޔާ ކަށް ނޭގެ