ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވަން ދެން ކަސްޓަމްސްގެ ހިންގުން، ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފާއި ހަވާލު ކޮށްފިއެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި މީގެ ކުރިން ހުންނެވީ އަހުމަދު ނުއުމާން އެވެ. ނަމަވެސް ނުއުމާން އަވަހާރަވުމާ ގުޅިގެން މިވަގުތު އެ މަގާމުގައި އޮތީ ހުހަށެވެ. ނުއުމާން އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާފައެވެ. ނުއުމާންގެ ގާތް ބޭފުޅުން ވިދާޅުވި ގޮތުގައި އޭނާ އަވަހާރަވީ އިންޑިއާގައި ކީޑްނީގެ ބައްޔަކަށް ފަރުވާ ކުރައްވަމުން ގެންދަވަނި ކޮށް ބެންގަލޫރުގައެވެ.

ނުއުމާން ކޮމިޝަނާ ޖެނެރަލް ކަމުގެ މަގާމަށް އައްޔަން ކުރެއްވީ 11 ޑިސެމްބަރު 2018 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އޭނާ ކަސްޓަމްސްގެ ވެރިއަކަށް ހަމަޖެއްސުމުގެ ކުރިން ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންކަންވެސް ކުރައްވާފައިވެއެވެ. އަދި ސްޓެލްކޯގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވުމުގެ އިތުރުން ހައުސިން މިނިސްޓްރީގައިވެސް މަސައްކަތް ކުރެއްވިއެވެ.