ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން އަވަހާރަ ވެއްޖެއެވެ. ނުއުމާން އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާފައެވެ. ނުއުމާންގެ ގާތް ބޭފުޅުން ވިދާޅުވި ގޮތުގައި އޭނާ އަވަހާރަވީ އިންޑިއާގައި ކީޑްނީގެ ބައްޔަކަށް ފަރުވާ ކުރައްވަމުން ގެންދަވަނި ކޮށް ބެންގަލޫރުގައެވެ.

ސ. ހިތަދޫ ޖަނަވަރީމާގޭ ނުއުމާން އަކީ އަދާލަތު ޕާޓީގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީގެ ރައީސްވެސް މެއެވެ.

ނުއުމާން ކޮމިޝަނާ ޖެނެރަލް ކަމުގެ މަގާމަށް އައްޔަން ކުރެއްވީ 11 ޑިސެމްބަރު 2018 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އޭނާ ކަސްޓަމްސްގެ ވެރިއަކަށް ހަމަޖެއްސުމުގެ ކުރިން ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންކަންވެސް ކުރައްވާފައިވެއެވެ. އަދި ސްޓެލްކޯގައި ގިނަ ދުވަސްތަކެއް ވާންދެން ހިދުމަތް ކުރެއްވުމުގެ އިތުރުން ހައުސިން މިނިސްޓްރީގައިވެސް މަސައްކަތް ކުރެއްވިއެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަކީ އަދާލަތު ޕާޓީގެ ސްލޮޓެކެވެ.

ނުއުމާން އަވަހާރަ ވި އިރު އަނބިކަނބަލަކާއި ފިރިހެން 2 ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.