މާލޭ ސިޓީގެ ބެލުމުގެ ދަށުން މާލޭގެ ސަރަަހައްދުގައި ހިންގަމުންދާ މާރުކޭޓްތަކުން މާދަމާ ހަވީރު 4:00 ގެ ފަހުން ވިޔަފާރި ނުކުރެވޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން އަންގައިފިއެވެ.
ސިޓީ ކައުންސިލުން ބުނީ، މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ހެލްތް ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން މާލެސިޓީގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ މާރުކެޓްތައް މާދަމާއިން ފެށިގެން ހިދުމަތް ދޭ ގަޑިތަކަށް ބަދަލުތައް ގެންނަން ނިންމާފައިވާ ކަމަށެވެ. މާރުކޭޓު ގޮޅިތައް ހިންގާ ފަރާތް ތަކުންނާއި އަދި މާރުކޭޓުން ވިޔަފާރި ކުރާ ފަރާތްތަކުން ގަޑިތަަކށް ގެނައި ބަދަލުތަކާ އެއްގޮތަށް އަމަލު ކުރުމަށް ސިޓީ ކައުންސިލުން ވަނީ އަންގާފައެެވެ.
މާރުކޭޓް ތަކުން ހިދުމަތްދޭ ގަޑިތަކަށް ގެނައި ބަދަލަކީ:
- މާލޭ ލޯކަލްމާރުކޭޓުން ހިދުމަތް ދޭ ގަޑިތަކަކީ ހެނދުނު 6:00 އިން ހަވީރު 16:00 އަށް.
- މާލޭ ދަތުރުވެރިންގެ މާރުކޭޓުން ހިދުމަތް ދޭ ގަޑިތަކަކީ ހެނދުނު 6:00 އިން ހަވީރު 16:00 އަށް.
- މާލޭ މަސްމާރުކޭޓުން ހިދުމަތް ދޭ ގަޑިތަކަކީ ހެނދުނު 6:00 އިން ހަވީރު 16:00 އަށް.
- ވިލިމާލެ ލޯކަލްމާރުކޭޓުން ހިދުމަތް ދޭ ގަޑިތަކަކީ ހެނދުނު 6:00 އިން ހަވީރު 16:00 އަށް.
މީގެ އިތުރުން އެޗްޕީއޭ އިން ވަނީ، މާދަމާއިން ފެށިގެން މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައި ހިންގާ ފިހާރަތައް ރޭގަނޑު 11:00 އިން ފެށިގެން ހެނދުނު 6:00 އަށް ބަންދު ކުރަން އަންގާފައެވެ. ހަމައެއާއެކު މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި މާދަމާއިން ފެށިގެން ކެފޭ އާއި ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްތައް ދޭ ތަންތަނުން ޓޭކްއަވޭގެ ހިދުމަތް ދިނުން ރޭގަނޑު 12:00 އިން ހެނދުނު 6:00 އަށް މެދުކަނޑާލަންވެސް ވަނީ އަންގާފައެވެ.