ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބާޒާރު ބްރާންޗް ނޫން ހުރިހާ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް މާދަމާ ތިން ގަޑިއަރަށް ހުޅުވަން ނިންމައިފިއެވެ.
ބީއެމްއެލް އިން ބުނީ މާދަމާ އެ ބޭންކުގެ ބާޒާރު ބްރާންޗް ފިޔަވާ އެހެނިހެން ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނާނެ ކަމަށެވެ. އެގޮތުން ބީއެމްއެލުން މާދަމާ ހިދުމަތް ދޭ ވަގުތުތަކަކީ ހެނދުނު 9:30 އިން މެންދުރު 12:30 އަށް ކަމަށް ބީއެމްއެލުން ބުނެއެވެ. އެހެންނަމަވެސް ބީއެމްއެލްގެ އޭޓީއެމް މެޝިންތަކުން ކަސްޓަމަރުންނަށް 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ. އެހެންކަމުން ފައިސާ ޖަމާ ކުރުމަށާއި، ނެގުމަށާއި، ޓްރާންސްފާ ކުރުމުގެ ހިދުމަތް އޭޓީއެމްއިން ލިބޭނެއެވެ.
މީގެ އިތުރުން ބީއެމްއެލް އިން ވަނީ ހުރިހާ ކަސްޓަމަރުން ވެސް ގޭގައި ތިބެގެން އިންޓަނެޓް އަދި މޮބައިލް ބޭންކިންގް މެދުވެރިކޮށް ހިދުމަތް ހޯދުމަށް އިލްތިމާސް ކޮށްފައެވެ.
ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދުވުމުން ބޭންކުތަކުން ހިދުމަތް ދެމުން އަންނަނީ ހަފްތާއަކު ދެ ދުވަހެވެ. އެގޮތުން މިހަފްތާގެ ހޯމަ ދުވަހު ބޭންކުން ހިދުމަތް ދީފައި ވަނީ ހެނދުނު 9:30 އިން 11:30 އަށެވެ. ނަމަވެސް މާދަމާ ހިދުމަތްދޭ ގަޑިއަށް ބަދަލެއް ގެނެސްފައިވަނީ މަނިޓަރީ އޮތޯރިޓީން އެންގި އެންގުމާ ގުޅިގެންނެވެ.
ބީއެމްއެލުން ހިދުމަތް ހޯދާ ފާރަތްތަކަށް ލުއިކޮށްދިނުމުގެ ގޮތުން، އެ ބޭންކަށް ޒިޔާރަށް ނުކޮށް ޓެކްސް ދެއްކޭނެ އިންތިޒާމްވެސް ވަނީ ހަމަަޖައްސާފައެވެ. އެގޮތުން ކަސްޓަމަރުންގެ ތެރެއިން ޓެކްސް ދައްކަން ބޭނުންވާ ފަރާތްތަކުން ބޭންކަން އީމެއިލް އިން ޓެކްސް ޕޭމަންޓު ރިކުއެސްޓު ކުރުމުން އެކަން ބޭންކުން ކުރިއަށް ގެންދާނެއެވެ.
ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާ ގުޅިގެން ބީއެމްއެލުން ދަނީ ކަސްޓަމަރުންނަށް ލުއިތަކެއް ހޯދައި ދިނުމަށް މަސައްކަތް ކުރަމުންނެވެ.