ދިރާގު ފިކްސް ލައިން އަދި މޯބައިލް ކަސްޓަމަރުންނަށް ހިލޭ ދީފައިވާ ޑޭޓާގެ މިންވަރު އިތުރުކޮށް ކުރިއަށް އޮތް ދެމަހަށް ދިނުމަށް ނިންމައިފިއެވެ.

ދިރާގުން ބުނީ،ކޮވިޑް-19 އާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށް، އަދި ގިނަ އަދަދެއްގެ މީހުން މިދުވަސްވަރު ގޭގައި މަޑުކުރަން ޖެހުމުގެ ސަބަބުން ކިޔެވުމަށާއި، އޮފީސް މަސައްކަތް ކުރުމަށާއި، އާއިލާއާއި ރައްޓެހިންގެ ހާލު ބެލުމަށާއި، ވަގުތުން ވަގުތަށް މައުލޫމާތު ހޯދުމާއި މުނިފޫހި ފިލުވުމަށް މި ދަނޑިވަޅުގައި އިންޓަނެޓަށް ބަރޯސާވާން ޖެހިފައިވާ ކަމަށެވެ. އެެހެންކަމުން ކޮވިޑް-19 އާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްނެންގެވުމުގެ ދަށުން ދިރާގުން އިންޓަނެޓް ބޭނުންކުރުމަށް ކުރިއަށްއޮތް ދެ މަހަށް އިތުރު ލުއިފަސޭހަ ގޮތްތަކެއް ނިންމާފައިވާ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ހުރިހާ ހޯމް ފިކްސްޑް ބްރޯޑް ބޭންޑް ބޭނުންކުރާ ފަރާތްތަކަށް ހިލޭ ދޭ ޑޭޓާ އެލަވަންސް އިތުރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. މި ނިންމުމާއެކު މަދުވެގެން 70 ފަސެންޓަށް ވުރެ ގިނަ، ހޯމް ފިކްސްޑް ބްރޯޑް ބޭންޑް ބޭނުންކުރާ ފަރާތްތަކަށް ލިބޭ އެލަވަންސް ދެގުނައަށް އިތުރުވެގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

މީގެ އިތުރުން މޯބައިލް ކަސްޓަމަރުންނަށް ހިލޭދޭ ޑޭޓާ އިތުރުކޮށް ދިނުމަށް ވަނީ ނިންމާފައެވެ. މި ނިންމުމާ އެކު ދިރާގުގެ ހުރިހާ މޯބައިލް ކަސްޓަމަރުންނަށް މަދުވެގެން 50 ޕަސެންޓް އިތުރު ޑޭޓާ ހިލޭ ލިބިގެންދާނެ ކަމަށްވެސް ދިރާގުން ބުނެއެވެ.

ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށްހުރިހާ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 50 ޕަސެންޓް އާއި 140 ޕަސެންޓާ ދެމެދުގެ އަދަދަކަށް ޑޭޓާ އެލަވެންސް އެޕްރިލް އަދި މެއި މަހުގައި ދިނުމަށް ވަނީ ނިންމާފައެވެ.މާޗް މަހު ހުރިހާ ބޫސްޓާތަކަށް ދީފައިވާ 50 ޕަސެންޓް ޑިސްކައުންޓް އެޕްރީލު މަހުގައިވެސް ލިބިގެންދާނެއެވެ.މޯބައިލް ކަސްޓަމަރުންނަށްދިރާގު ޕޯސްޑްޕެއިޑް ކަސްޓަމަރުންނަށް އެޕްރިލު އަދި މެއި މަހު 50 ޕަސެންޓް އާއި 75 ޕަސެންޓާ ދެމެދުގެ އަދަދަކަށް އިތުރު ޑޭޓާ އެލަވަންސް ދޭންވަނީ ނިންމާފައެވެ.ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން އެޕްރީލު އަދި މެއި މަހު ބައްލަވައިގަންނަވާ މަންތްލީ ޑޭޓާ އެޑް-އޮން އަށް 50 ޕަސެންޓް އިތުރު ޑޭޓާ ދޭން ވަނީ ނިންމާފައެވެ.މީގެ އިތުރުން، އެކިއެކި ޕެކޭޖްތަކަށް ދޭ އެލަވަންސް، ބޫސްޓާސް އަދި އެޑްއޯންސްއަށް ދޭ ޑިސްކައުންޓްގެ ތަފްސީލް ދިރާގު ވެބްސައިޓްގައި ޝާއިއު ކުރެވިފައިވާ ކމަށް ދިރާގުން ބުނެއެވެ.