ކުރިއަށް އޮތް ރޯދަ މަހަށް އަމާޒުކޮށް ޓިކްޓޮކް ޗެލެންޖެއް "ދަ ޕްރެސް" އިން ހުޅުވާލައިފިއެވެ.

ހުރިހާ އުމުރުފުރާއަކަށްވެސް ބައިވެރި ވެވޭ ގޮތަށް ހުޅުވާލި މި ޗެލެންޖުގައި ޓިކްޓޮކް ކުޅެން ޖެހޭނީ އިޖުތިމާއީ މައްސަލައަކަށެވެ. ނުވަތަ އިޖުތިމާއީ މެސެޖެއް ކޮންމެ ޓިކްޓޮކަކުންވެސް ދޭން ޖެހޭނެއެވެ.

ޓިކްޓޮކް ކުޅުމުގައި ސިންގަލް ނުވަތަ ޑުއެޓްކޮށްވެސް ކުޅެވިދާނެެއެވެ. އަދި ގިނަ ބަޔަކު ބައިވެރިވާ ގޮތަށްވެސް ކުޅެވިދާނެއެވެ. ހަމަ އެއާއެކު ގޭތެރޭގައި ތިބެގެންވެސް ކުޅެވިދާނެއެވެ.

ޓިކްޓޮކް ޗެލެންޖުގެ ޕޯސްޓަރެއް

ޓިކްޓޮކް ވީޑިއޯ ކުރާނީ ޓިކްޓޮކް އެޕްލިކޭޝަން ބޭނުންކޮށްގެންނެވެ. އަދި އެ ވީޑިއޯ ޕަބްލިޝް ނުކޮށް ސޭވް ކުރުމަށް ފަހު [email protected] އަށް ފޮނުވާށެވެ. ޓިކްޓޮކް ފޮނުވާ އިރު، ފޮނުވާ ފަރާތުގެ މައުލޫމާތާއި ޓިކްޓޮކް ޔޫސާ ނޭމް އަދި ގުޅޭނެ ނަންބަރު އޮންނަން ވާނެއެވެ.

ޓިކްޓޮކް ހޮވުން:

  • އެންމެ ގިނަ ލައިކް ލިބޭ 3 ޓިކްޓޮކް

ޓިކްޓޮކް ޗެލެންޖަށް ފޮނުވާ ޓިކްޓޮކްތަކުގެ ތެރެއިން ހޮވާލެވޭ ޓިކްޓޮކްތައް "ދަ ޕްރެސް" ގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޝާއިއު ކުރާނެއެވެ.

ThePressRoadhaTikTok# "ދަ ޕްރެސް" ރޯދަ ޓިކްޓޮކް ގެ އިތުރުން ރޯދަމަހަށް ހާއްސަކޮށްގެން ކުރުވާހަކަ ލިޔުމުގެ މުބާރާތެއްވެސް "ދަ ޕްރެސް" އިން ވަނީ ހުޅުވާލާފައެވެ.

މި ދެ މުބާރާތުގައި ބައިވެރި ކުރާ ތަކެތި ނުވަތަ ކޮންޓެންޓް ލަސްވެގެން އޭޕްރީލް 15، 2020 ގެ ކުރިން 'ދަޕްރެސް' އަށް ފޮނުވަން ވާނެއެވެ.