ކޮވިޑް19 އާއި ގުޅިގެން މޯލްޑިވް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސްޓާފް ލޯނަށް ފައިސާ ދެއްކުން ތިން މަހަށް ފަސްކޮށްފި ކަމަށް އެ ކުނފުނިން ބުނެފިއެވެ.

އެމްޕީއެލްއިން ބުނީ އެ ކުންފުނީގެ މުވައްޒަފުން ސްޓާފް ލޯނު ސްކީމްގެ ދަށުން ނަގާފައިވާ ލޯނުތަކަށް ފައިސާ ކެނޑުން، ތިން މަސް ދުވަހުގެ މުއްދަތަކަށް ފަސް ކުރުމަށް އެ ކުންފުނީގެ މެނޭޖްމަންޓުން ވަނީ ނިންމާފައި ކަމަށެވެ. އަދި މި ނިންމުމަކީ މި ވަގުތުގެ ހާލަތަށް ބަލައި، ކުންފުނީގެ މުވައްޒަފުންނަށް މާލީ ގޮތުން ލުއެއް ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އެމްޕީއެލްއިން ބުނެއެވެ.

އެމްޕީއެލް ސްޓާފް ލޯން ދެއްކުން ތިން މަސް ދުވަހަށް ފަސް ކޮށްފައިވާއިރު، ބީއެމްއެލް އިން ނަގާފައިވާ ލޯނުތައްވެސް ކޮވިޑް19 އާއި ގުޅިގެން ހަމަހަށް ފަސް ކުރަން ނިންމާފައިވާ ވާކަމަށް ސަރުކާރުން މިއަދުވަނީ ހާމަ ކޮށްފައެވެ. މީގެއިތުރުން އެސްއެމްއީ ލޯނުތައްވެސް ދެއްކުމަށް ހަމަސް ދުވަސް ވަނީ ދީފައެވެ.

ކޮވިޑް19 އާއި ގުޅިގެން ސަރުކާރުންނާއި ސަރުކާރުގެ ކުންފުނިތަކުން އަންނަނީ ރައްޔިތުންގެ ރައްކާތެރިކަމާއި، ސަލާމަތްތެރިކަމާއި އަދި މި ދަނޑިވަޅުގައި ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތައް ފޫބެއްދުމަށް ޓަކައި ގިނަ ގުނު މަސައްކަތްތައް ކުރަމުން ނެވެ.