ރާއްޖެއިން ޕޮޒިޓިވްވި އެންމެންގެ ހާލު ރަނގަޅު ކަމަށާއި އިތުރު ދެ ޓެސްޓެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ އާންމު އުސޫލެއްގެ ގޮތުން ހުރިހާ ގައުމެއްގައވެސް ބަލި މީހުން ދޫކުރަނީ ހުރިހާ އަލާމާތްތަކެއް އެއްކޮށް ރަނގަޅު ވުމުން ކަމަށާއި މަދުވެގެން އިތުރަށް ދެ ޓެސްޓް ކުރުމަށް ފަހު ކަމަށެވެ.

މިހާތަނަށް ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވެފައި ވަނީ 13 ބިދޭސީންނެވެ. ކަރަންޓީން ފެސިލިޓީ ތަކުގެ ތެރެއިން، ވިލިވަތުގައި 25 މީހަކާއި، ހުޅުލޭ އައިލެންޑް ހޮޓެލްގައި 75 މީހަކާއި ފަން އައިލެންޑަގައި 51 މީހަކު ތިބި ކަމަށް މަބްރޫކް ވިދާޅުވިއެވެ. މީގެ އިތުރުން ވެލިދޫ އައިސޮލޭޝަންގައި 16 މީހަކު ބެހެއްޓިފައިވެއެވެ.

މާބަނޑު އަންހެން މީހާ ދަރުމަވަންތަ ހޮސްޕިޓަލަށް ގެނެވުނީ، ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރުމުން ކަމަށާއި، އަދި އޭނާގެ މަބާނޑުކަމުން ހުރި އުނދަގޫތަކަކާއި ގުޅިގެން ކަމަށް އޭނާ ބުނާތީ ކަމަށް، އެކަން ގާތުން ބެލުމަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މިހާރު އޭޏާ ވަނީ ދުކޮށްލާފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ކޮވިޑް-19އަށް 13 މީހަކު ވަނީ ރާއްޖެއިން ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 8 މީހުން ރާއްޖެ އައި އިރުވެސް އެ ވައިރަސް ހަށިގަނޑުގައި ހުރިކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ދެން ޕޮޒިޓިވްވި 5 މީހުންނަކީ ކުރެއްދޫއަށް ޗުއްޓީ ހޭދަކުރަން އައި އިޓަލީ މީހާގެ ގައިން މި ބަލި ޖެހިފައި ތިބި މީހުންނެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 6 ފިިރިހެނުންނާއި 7 އަންހެނުންނެވެ.

ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އިޓަލީގެ 9 މީހަކާއި، ތުރުކީގެ މީހަކާއި، ސައުތް އެފްރިކާގެ މީހެއްގެ އިތުރުން ޖަރުމަނުގެ މީހަކާއި އިންގްލޭންޑް މީހެކެވެ. އެންމެ ފަހުން މި ބައްޔަށް ޓެސްޓު ކުރި 517 ސާމްޕަލްގެ ތެރެއިން 502 ސާމްޕަލެއްގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.