ކޮވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިރާގު މަމެން ކަސްޓަމަރުންނަށް ލުޔެއް ދިނުމުގެ ގޮތުން، މި ދުވަސްވަރު ޑޭޓާ ބޭނުންކުރުން އިތުރުވާނެތީވެ، މި މަހުގައި ނަގާ މަމެން ޑޭޓާ އެޑް-އޮން ތަކުން 50 ޕަސެންޓް ޑިސްކައުންޓް ދިނުމަށް ހަމަޖައްސައިފިއެވެ.
ދިރާގުން ބުނީ، ކޮވިޑް 19 އާ ގުޅިގެން އެކުންފުނީގެ ކަސްޓަމަރުންނަށް އެކި ގޮތް ގޮތުން ލުއި ފަސޭހަކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން، ދިރާގު މޯބައިލް ކަސްޓަމަރުންނަށާއި، ރެސިޑެންޝަލް އަދި ވިޔަފާރި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށްވެސް ލުއި ފަސޭހަތަކެއް ވަނީ ފޯރުކޮށްދީފައެވެ.
ހަމައެއާއެކު ގޭގެ އިންޓަނެޓް ޕެކޭޖްތަކަށް 30 ޕަސެންޓް އިތުރު ޑޭޓާ ވަނީ މިހާރު ދީފައި ކަމަށާއި އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑޭޓާ އާއި ޕްރީޕެއިޑް ކަސްޓަމަރުންގެ މަންތްލީ ޑޭޓާ ބަންޑަލްތަކުން 30 ޕަސެންޓް ޑިސްކައުންޓް ދީފައިވާ ކަމަށް ދިރާގުން ބުނެއެވެ.
މީގެ އިތުރުން ބިޒްނަސް ފިކްސްޑް ބްރޯޑްބޭންޑް އަދި ގެސްޓްހައުސް އިންޓަނެޓް ޕެކޭޖްތަކުގެ މަންތްލީ ރެންޓަލްއިން 25 ޕަސެންޓް ޑިސްކައުންޓް ދޭން ވަނީ ނިންމާފައި ކަމަށްވެސް ދިރާގުން ބުނެއެވެ.
މިފަދަ ދަނޑިވަޅުތަކުގައި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދިރާގުގެ ކަސްޓަމަރުންނަށާ މުޖުތަމައަށް ފޯރުކޮށް ދޭ ހިދުމަތްތަކަށް ލުއިފަސޭހަކޮށް ދިނުމަށް އެ ކުންފުންިން އަބަދުވެސް މަސައްކްތް ކުރެއެވެ.