ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން ދ. ކުޑަހުވަދޫން ދިވެއްސަކު ޓެސްޓު ކުރަމުންދާ ކަމަށް ކޮވިޑް19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ދ. ކުޑަހުވާދޫން ކޮވިޑް19 އަށް ޗާއްކު ކުރެވޭ އަލާމާތްތައް ފެނިގެން ދިވެއްސެއްގެ ގައިން ސާމްޕަލް ނަގާ ކަމަށެވެ. އަދި އޭނާއަކީ އިންޑިއާގެ ޓްރިވެންޑްރަމަށް ދަތުރުކޮށްފައިވާ ފަރާތެއް ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މި ބައްޔަށް ޝައްކު ކުރެވޭ އަލާމަތް ހުރި އަދި އިންޑީޢާއަށް ދަތުރުކުރި ދިވެހިން ވަނީ ފެނިފައެވެ. އެ ގޮތުން އިންޑީއާގެ ޓްރިވެންޑްރަމަށް ދަތުރު ކުރި މީހަކު އއ. އުކުޅަހުން ފެނި އޭނާގެ ގައިންވެސް ވަނީ ސާމްޕަލް ނަގާފައެވެ. އަދި އިންޑިއާގެ ބެންގަލޫރަށް ދަތުރުކުރި ދިވެއްސެއްގެ ގައިން މި ބަޅީގެ އަލާމާތް ފެނި ވަނީ ސާމްޕަލް ނަގާފައެވެ. އޭނާ ހުރި މާލޭގައެވެ.

ހަމައެއާއެކު ރ. ފައިނާއި ސ. ހިތަދޫން މި ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި ދިވެއްސަކު ފެނިފައިވާ އިރު އެ ދެމީހުން ވަނީ އިންޑިއާގެ ކޮޗިންއަށް ދަތުރު ކޮށްފައެވެ. މީގެ އިތުރުން މިބަލީގެ އަލާމާތް ހުރި، ލަންކާއަށް ދަތުރުކުރި ދިވެއްސަކު ވަނީ މާލެއިންނާއި ހިންނަވަރުން ފެނި ސާމްޕަލް ނާގާފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައިވާ 13 ބިދޭސީން ފެނިފައެވެ.

އިތުރު ތަފްސީލް އަންނަނީ