ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 ޕަސެންޓް ޑޭޓާ ހިލޭ ދޭން ނިންމައިފިއެވެ.

ދިރާގުން ބުނީ، ކޮވިޑް-19 އާ ގުޅިގެން ސްކޫލާއި ކޮލެޖުތައް ބަންދުކޮށް ގިނަ ބަޔަކު ގޭގައި ތިބެން ޖެހުމުގެ ސަބަބުން ކަސްޓަމަރުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މި މަހާއި މަހާއި އަންނަ މަހު 30 ޕަސެންޓް ހިލޭ އިތުރު އެލަވަންސް ދޭނެ ކަމަށެވެ.

މީގެ އިތުރުން ދިރާގުން ވަނީ މޯބައިލް ކަސްޓަމަރުންނާއި ވިޔަފާރި ކަސްޓަމަރުންނަށް ވެސް އިތުރު ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމަށް ނިންމާފައެވެ. އަދި ކުރިއަށް އޮތްތަނުގައި އޭގެ ތަފްސީލުތައް ހާމަކުރާނެ ކަމަށް ދިރާގުން ބުނެއެވެ.

ރާއްޖޭގައި މިހާތަނށް މި ބައްޔަށް 13 ބިދޭސީއަކު ވަނީ ޕޮޒިޓިވްވެފައެވެ. މި ބަލި ކޮންޓްރޯލް ކުރުމަށާއި ރައްކާތެރިކުރުމަށް ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ.

ކޮވިޑް-19 އާ ގުޅިގެން ސްކޫލުތަކާއި ކޮލެޖު، ޔުނިވާސިޓީތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. އެގޮތުން ސްކޫލު ކުދިންނަށް ޓީވީ އާއި ވައިބާ ބޭނުންކޮށްގެން ފިލާވަޅު ނަގައިދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.ހަމައެއާއެކު ސައިރިކް ސް ކޮލެޛުން ވަނީ އޮންލައިންކޮށް ކްލާސްތައް ހިނގުމަށްވެސް ނިންމާފައެވެ.