ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އަށް ސަފާރީއަކުން އިތުރު 2 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް19ގެ މައުލޫމަތު ދިނުމަށް ސަރުކާރުގެ ފަރާތުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އައިލެންޑް ސަފާރީ އިން ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލަމާތްތައް ހުރި ދެމީހަކު ޓެސްޓު ކުރެވިފައިވާ ކަމަށާއި، އެ ދެމީހުންވެސް އެ ބައްޔަށް ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ޕޮޒިޓިވް ވެފައިވަނީ ބިދޭސީއަކު ކަމަށް މަބްރޫކް ވިދާޅުވިއެވެ،
މަބްރޫކް ވިދާޅުވީ ސަފާރީވަނީ މޮނީޓަރިންގެ ހާލަތުގައި ކަމަށާއި، އޭގެއިން އަރާ ފޭބުންވެސް މަނާ ކޮށްފައިވާ ކަމަށެވެ. އަދި އެ ސާފާރީއާއި މެދު އަމަލު ކުރާނެގޮތް ހިއްސާ ކުރަމުންގެންދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
އައިލެނމްޑް ސަފާރީ އިން އިތުރު 2 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު، މިއާއެކު ރާއްޖެއިން 13 މީހަކު ކޮރޯނާއަށް ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން ކުރެއްދޫއިން 5 ބިދޭސީއަކު ޕޮޒިޓިވް ވެފައިވާއިރު، ސޭންޑީޒް ބަތަލާ ރިސޯޓުން 2 ބިދޭސީއަކު، ކުރަމަތި އައިލެންޑް ރިސޯޓުން 2 ބިދޭސީއަކު، އަނަންތަރާ ދިގު ރިސޯޓުން 2 ބިދޭސީއަކު އަދި ސަފާރީ އިން 2 މީހަކު ޕޮޒިޓިވް ވެފައެވެ.
ކޮވިޑް19 ރާއްޖެއިންވެސް ފެނުމާއި ގުޅިގެން ރާއްޖޭގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވަނީ ގެސްޓުން ގެނައުމުގައި އިއްޔެ ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ރޭ އިރުއޮއްސި 6:00 ގެ ފަހުން ރާއްޖޭގެ އެއްވެސް ރިސޯޓެއްގައި ހުރި މުވައްޒަފެއް ނުވަތަ ފަތުރުވެރިއަކަށް އެހެން ރަށަކަށް ދަތުރު ކުރުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ރަޖިސްޓާކޮށްފައިހުރި ގެސްޓް ހައުސް އަދި ހޮޓެލްތަަކށް މިރޭ 12:00 އިން ފެށީގެން ޗެކްއިންވުންވެސް ވަނީ މަނާކޮށްފައެވެ.