ބަނގްލަދޭޝުން އަންނަ ދިވެހިން ތިބޭނީ ހޯމް ކަރަންޓީންގައި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް ވިދާޅުވީ، ބަންގްލަދޭޝްގައި ތިބި ދިވެހިން ރާއްޖެއަށް ދަތުރުކުރާއިރު، އެ މީހުންނަށް ރާއްޖެ އައިސް ވަދެވޭނެ ކަަމަށެވެ. ނަމަވެސް އެ މީހުން ތިބެން ޖެހޭނީ 14 ދުވަހުގެ ހޯމް އައިސޮލޭޝަންގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"ބަންގްލަދޭޝްއާއި މެދު އަޅުގަނޑުމެން ކަން ކުރަމުން އަންނަ ގޮތަކީ ބަންގްލަދޭޝުން ރާއްޖެ އަށް އެތެރެވާ މީހެއް ވެއްޖެއްޔާ، ނޫނީ ބަންގްލަޝްގައި ޓްރާންސިޓްވެފައި އަންނަ މީހެއް ވެއްޖެއްޔާ 14 ދުވަހުގެ ކަރަންޓީން މުއްދަތަކަށް މަޑު ކުރުމަށްފަހުގައި ރާއްޖެއަށް ވަދެވޭ ގޮތަށް" މަބްރޫކް

ބަންގްލަދޭޝްގައި މަޑު ކުރުމަށް ފަހު ރާއްޖެ އައި ދިވެއްސަކު ކަރަންޓީން ކޮށް މިހާރު ވަނީ ދޫކޯށްލާފައެވެ. އެގައުމުން ކޮވިޑް19 ފެނުމުން ބަންގްލަދޭޝް މީހުން ރާއްޖެ އައުން ސަރުކާރުން ވަނީ މަނާކޮށްފައެވެ. މި ހާލަތު މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް އޮންނާނެއެވެ.

ރާއްޖެއަކީ ގިނަ އަދަދަކަށް ބަންގުލަދޭޝްގެ ރައްޔިތުން ދިރިއުޅޭ ގައުމެކެވެ. ވިސާއާއި ސައްހަ ވޯކު ޕާމިޓެއް ނެތި އެތައް ހާސް ބަޔަކު އެބައުޅެއެވެ. އަސްލު އޮޅުވާލައިގެން ރާއްޖެ އެތެރެވުމާއި އެތައް ކަންތައްތަކެއް ހިންގާ ބަންގްލަދޭޝްގެ މީހުންގެ ތެރޭގައި ކޮވިޑް-19 ގެ ހޭލުންތެރިކަން އުފައްދަމުން ދާ ކަމަށް ސަރުކާރުން ބުނެއެވެ.

ރާއްޖެއިން މިހާރު ވަގުތީ ގޮތުން ދަތުރުފަތުރު ނުކުރުން މަޑުޖައްސާލާފައި އޮތް ގައުމުތަކުގެ ތެރޭގައި ބަންގްލަދޭޝާއި ޗައިނާއާއި އީރާނާއި ސައުތް ކޮރެއާގެ ދެ ޕްރޮންވިސާއި އިޓަލީ އާއި ސްޕެއިނާއި ޖަރުމަންގެ ތިން ސިޓީ އެއްގެ އިތުރުނ ފްރާންސްގެ ދެ ސީޓީއެއް ހިމެނޭ ކަމަަށެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 13 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 2 ބިދޭސީއަކާއި ސަފާރީއަކުން 2 ބިދޭސީއެކެވެ. މިހާތަނަށް ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.