ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި 358 ކަރަންޓީން ފެސިލީޓީ އާއި 283 އައިސޮލޭޝަން ފެސިލީޓީ ހަމަަޖައްސައިފިއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫށްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖޭގައި ކޯވިޑް-19ގެ މިހާރުގެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން މީހުން އެކަހެރިކުރުމުގެ ގޮތުން މިހާރު މީހުން ކަރަންޓީންކުރުމަށް ބޭނުންކުރާ ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތަކުގެ ޖުމްލަ 641 ފެސިލީޓީ ހަމަަޖައްސާފައިވާ ކަމަށެވެ. އަދި މިއީ މިވަގުތު އެކި ސަރަޙައްދުތަކުގައި ބޭނުންކުރަމުން އަންނަ ކަރަންޓީން އަދި އަސޮލޭޝަން ފެސިލިޓީތަކުގެ އިތުރުން ހަމަޖައްސާފައިވާ ސަރަހައްދުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ މާލެ ސަރަހައްދުގައި ހަމަޖައްސާފައިވާ ފަރުކޮޅު ފުއްޓާ ވިލިވަރު ފިޔަވާ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މިހާރު މީހުން އެކަހެރި ކުރަންޖެހިއްޖެ ނަމަ އެކަން ކުރެވޭނެ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
ރާއްޖޭގައި މިވަގުތު ހުރި ކަރަންޓީން ފެސިލިޓީތައް:
- ހއ. އަތޮޅުގައި - 29 ކަރަންޓީން ފެސިލިޓީއަކާއި 19 އައިސޮލޭޝަން ފެސިލިޓީ
- ހދ. އަތޮޅުގައި - 64 ކަރަންޓީން ފެސިލިޓީއަކާއި 34 އައިސޮލޭޝަން ފެސިލިޓީ
- ށ. އަތޮޅުގައި - 30 ކަރަންޓީން ފެސިލިޓީއަކާއި 21 އައިސޮލޭޝަން ފެސިލިޓީ
- ނ. އަތޮޅުގައި - 19 ކަރަންޓީން ފެސިލިޓީއަކާއި 16 އައިސޮލޭޝަން ފެސިލިޓީ
- ރ. އަތޮޅުގައި - 17 ކަރަންޓީން ފެސިލިޓީއަކާއި 33 އައިސޮލޭޝަން ފެސިލިޓީ
- ބ. އަތޮޅުގައި - 42 ކަރަންޓީން ފެސިލިޓީއަކާއި 41 އައިސޮލޭޝަން ފެސިލިޓީ
- ޅ. އަތޮޅުގައި - 12 ކަރަންޓީން ފެސިލިޓީއަކާއި 5 އައިސޮލޭޝަން ފެސިލިޓީ
- ކ. އަތޮޅުގައި - 8 ކަރަންޓީން ފެސިލިޓީއަކާއި 8 އައިސޮލޭޝަން ފެސިލިޓީ
- އއ. އަތޮޅުގައި - 10 ކަރަންޓީން ފެސިލިޓީއަކާއި 9 އައިސޮލޭޝަން ފެސިލިޓީ
- އދ. އަތޮޅުގައި - 23 ކަރަންޓީން ފެސިލިޓީއަކާއި 12 އައިސޮލޭޝަން ފެސިލިޓީ
- ވ. އަތޮޅުގައި - 4 ކަރަންޓީން ފެސިލިޓީއަކާއި 9 އައިސޮލޭޝަން ފެސިލިޓީ
- މ. އަތޮޅުގައި - 9 ކަރަންޓީން ފެސިލިޓީއަކާއި 12 އައިސޮލޭޝަން ފެސިލިޓީ
- ފ. އަތޮޅުގައި - 0 ކަރަންޓީން ފެސިލިޓީއަކާއި 8 އައިސޮލޭޝަން ފެސިލިޓީ
- ދ. އަތޮޅުގައި - 6 ކަރަންޓީން ފެސިލިޓީއަކާއި 8 އައިސޮލޭޝަން ފެސިލިޓީ
- ތ. އަތޮޅުގައި - 18 ކަރަންޓީން ފެސިލިޓީއަކާއި 0 އައިސޮލޭޝަން ފެސިލިޓީ
- ލ. އަތޮޅުގައި - 28 ކަރަންޓީން ފެސިލިޓީއަކާއި 22 އައިސޮލޭޝަން ފެސިލިޓީ
- ގއ. އަތޮޅުގައި - 16 ކަރަންޓީން ފެސިލިޓީއަކާއި 8 އައިސޮލޭޝަން ފެސިލިޓީ
- ގދ. އަތޮޅުގައި - 14 ކަރަންޓީން ފެސިލިޓީއަކާއި 12 އައިސޮލޭޝަން ފެސިލިޓީ
- ޏ. އަތޮޅުގައި - 4 ކަރަންޓީން ފެސިލިޓީއަކާއި 2 އައިސޮލޭޝަން ފެސިލިޓީ
- ސ. އަތޮޅުގައި - 5 ކަރަންޓީން ފެސިލިޓީއަކާއި 4 އައިސޮލޭޝަން ފެސިލިޓީ
ކޮވިޑް-19 އާ ގުޅިގެން ފެސިލިޓީއެއްގެ ގޮތުގައި މިހާރު ފަރުކޮޅުފުއްޓާއި ވެލިވަރު ބޭނުންކުރަމުން އަންނަ އިރު ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ވެލިދޫ ރިސޯޓުވެސް މިހާރުވަނީ ސަރުކާރަށް ނަގާފައެވެ. އެގޮތުން ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ތައްޔާރުކުރި ވިލިވަރުގައި ދެ ވަނަ ފިޔަވަހި މަސައްކަތް ފަށާ އެތަނުގައި 100 އަށް ވުރެ ގިނަ އެނދު ބަހައްޓާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައި ވެއެވެ.
އަދި މިހާރު ޓޫރިޒަމް މިނިސްޓްރީން އަންނަނީ ހުޅުލޭ އައިލެންޑް ހޮޓެލްވެސް މިކަމަށް ބޭނުންކުރުމަށް އެހޮޓެލްއާއި މަޝްވަރާކުރަމުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑް-19 އަށް 10 ފަރާތެއް ޕޮޒިޓިވް ވެފައިވާ އިރު ފަރުކޮޅުފުށީގައި ކަރަންޓީން ކުރެވިފައި ވަނީ 11 ފަރާތެއް އަދި ވިލިވަރުގައި 17 ފަރާތެއް ވަނީ ކަރަންޓިން ކުރެވިފައެވެ.