ގދ. ރަތަފަންދޫ ފުޓްބޯޅަ ދަނޑުގައި ބަޔަކު ރޯކޮށްލި އަލިފާން ނިންވާލިފަހުން އަނެއްކާ އެ ދަޑުގައި ރޯކޮށްލައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން ބުނީ ރަތަފަންދޫ ބޯޅަ ދަނޑުގައި ބަޔަކު ގަސްތުގައި ރޯކޮށްލާފައިވާ ކަމުގެ ރިޕޯޓް މިރޭ 7:35 އެހާއިރު ލިބިފައިވާ ކަމަށެވެ. އެމީހުން ރޯކޮށްލާފައި ވަނީ ބޯޅަ ދަނޑުގައި ހައްދާފައި ހުރި ގުދުރަތީ ވިނަތަކުގަ އާއި، ކައިރީގައި ހުރި ގަސްތަކެއްގައި ކަމަށާއި ރޯކޮށްލުމުގެ ސަބަބުން، ވިނަތައް އެނދުން ފިޔަވާ ދަނޑުގައި ހުރި އިތުރު އެއްޗަކަށް ގެއްލުމެއް ނުލިބޭ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އަދި އެ ރަށުގެ ރައްޔިތުންނާއި ފުލުހުން ކުރި މަސައްކަތުން ދަނޑުގައި ރޯކޮށްލި އަލިފާން ނިއްވާލުމުން އަނެއްކާ ވެސް ބަޔަކު ދަނޑުގައި ރޯކޮށްލި ކަމަށް ފުލުހުން ބުނެއެވެ. އެ އަލިފާން އަދި މުޅިން ނިއްވައި ނުލެވޭ ކަމަށްވެސް ފުލުހުން ބުނެއެވެ.

އެ މައްސަލަ މިހާރު ތަހުގީގުކުރަމުން ދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ރަތަފަންދޫ ބޯޅަދަނޑުގައި ރޯކޮށްލާފައި ވާއިރު، މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފުވައްމުލަކުގެ ޗަކަ ބިމުގައި އަލިފާން ރޯވެގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފައެވެ،