ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑު 19 ނުވަތަ ކޮރޯނާވައިރަސް ރާއްޖޭގައި ފެތުރިފައި އޮތް މިންވަރު ވަރަށް ބޮޑަށް އިތުރުވެ އެންމެ ގޯސް ހާލަތެއްގައި ރާއްޖެއިން 10،000 މީހުން މަރުވެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވިދާޅުވި ވިދާޅުވުމަށް ރައްޔިތުންގެ ކިބައިން އުގެއިލް މާފަށް އެދިވަޑައިގެންފިއެވެ.
އުގެއިލް ވިދާޅުވީ އެ ލަފާކުރުމަށް ރައްޔިތުންގެ ހާސްވުމާއި ކަންބޮޑުވުން ފެނިވަޑައިގެން އެކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށާއި އެއީ އެފަދަ ހާލަތެެއްގެ ލަފާ ކުރެއްވުމެއް ކަމަށެވެ. ރާއްޖޭގެ އެކި އިދާރާތަކުން ކުރަމުންދާ މަސައްކަތް ފާހަގަ ކުރައްވާ އެފަދަ ހާލަތެއް ރާއްޖެއަށް މެދުވެރި ނުވުމަކީ އޭނާގެވެސް އުންމީދު ކަމަށް ވިދާޅުވެފައި ވެއެވެ.
އުގެއިލު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރަން އެއްވެސް ކަމެއް ނުުކުރާނަމަ އާބާދީގެ 65 ޕަސެންޓަށް އެ ވައިރަސް ފެތުރޭނެ ކަމަށާއި އޭގެތެރެއިން 3 ޕަސެންޓް މީހުން މަރުވާނެ ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ. އަދި އެ 10،000 މީހުންގެ ތެރޭގައި އެންމެ ގިނައިން ހިމެނޭނީ އުމުރުން ދުވަސްވީ މީހުންނާއި ސިއްހީ އެކި މައްސަލަތަށް ހުރި މީހުންކަމަށް އުގެއިލް ވިދާޅުވެއެވެ.
އެހެންކަމުން މަރުވާ މީހުންގެ އަދަދު މަދު ކުރުމުގެ ގޮތުން އެފަދަ ހާލަތެއްގައި ތިބި މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ރަނގަޅު ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެއްސިފައި ހުރުމަކީ މުހިންމު ކަމެއް ކަމަށްވެސް އުގެއިލް ފާހަގަ ކުރެއްވިއެވެ.
ކޮވިޑް 19ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 10 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 1 ބިދޭސީއެކެވެ.
އަދި މިހާތަނަށް ރާއްޖެއިން 10 މީހެއްގެ ގައިން މި ބަލި ފެނިފައިވާއިރު ދިވެއްސަކު ޕޮޒިޓީވް ވެފައެއް ނުވެއެވެ.
ހިތާމަފެރިޙަަބަރެތް
މިކަހަލަ ޖާހިލުން ގިނަވެގެން ދުނިޔެ ފަސާދަވަނީ.
އަދި މިހާތަނަށް ރާއްޖެއިން 10 މީހެއްގެ ގައިން މި ބަލި ފެނިފައިވާއިރު ދިވެއްސަކު ޕޮޒިޓީވް ވެފައެއް ނުވެއެވެ. މިއީ ތެދު ޙަޤީޤަތެއް ބާވައެވެ؟ އެއްޗެއް ލިޔަން ލިބުނީމާ ހެއެއްނުހުރޭ ހެދުނުހާ ދޮގެއްހަދާ އެހެންމީހުން ވާވެއްދޭތޯ ބަލަނީ ދިވެއްސަކު ޕޮޒިޓިވް ވެފައިވާކަމަށް އެޗް. ޕީ.އޭ. އިން ފަތުރާފައި ވަނީ ދޮގު ޚަބަރެއް ދެއްތޯ؟
އުގެއިލު އަށް މާބޮޑަށް އެނގެނީ، انشاء الله މި ދިވެހި ފަސްގަނޑުނަ މި ބަލި ވަރަށް އަވަހަށް ފިލުވާލެވޭނެ.