ސްޕީޗު ތެރަޕީ ދޭ ޑޮކްޓަރަކު ހަ އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް އަނިޔާ ކުރި މައްސަލައެއްގައި އެ އިންޑިއާގެ ޑޮކްޓަރު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ރޭ 22:56 އެހާކަށް ހާއިރު ހަ އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް ސްޕީޗު ތެރަޕީ ދޭ 34 އަހަރުގެ އިންޑިއާ ޑޮކްޓަރެއް އެކުއްޖާގެ ކަންފަތުގައި ހިފާ އަނިޔާކޮށްފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ ބެލި ބެލުމުން އެ ޑޮކްޓަރު ކުއްޖާ އަށް ތެރަޕީ ދެނީ އަމިއްލަ ހައިސިއްޔަތުން ކުއްޖާގެ ގޭގައި ކަމަށެވެ، އަދި އޭނާ އަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ފުލުހުންނަށް ލިބިފައިވާ ކަމަށް ބުނެއެވެ.

އެ މައްސަލައާ ގުޅިގެން ކުޑަކުއްޖަކަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ކުރި މައްސަލައިގެ ތުހުމަތުގައި ރޭ ދަންވަރު 2:45 ހާއިރު ކޯޓު އަމުރެއްގެ ދަށުން އެ ޑޮކްޓަރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.