ވިލިމާލެއިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ ދިވެއްސަކު ފަރުކޮލޫ ފުއްޓަށް ގެންގޮސްފިއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑް-19 އަށް ހާއްސަ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެމީހާއަކީ ސައުތު ކޮރެއާއަށް ދަތުރުކޮށްފައިވާ ދިވެއްސެއް ކަމަށާއި އޭނާ ފަރުކޮޅުފުުއްޓަށް ގެންދިއުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އޭނާގެ ކޮންޓްކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި، އެ ފަރާތްތައް އައިސޮލޭޝަންގައި ހުރުމަށް އެންގިފައި ވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ދެކުނު ކޮރެއާގެ ދެ ޕްރޮވިންސަކުން މީހުން އައުން ސަރުކާރުން ވަނީ މަނާކޮށްފައެވެ. މަބްރޫކް ވިދާޅުވީ ޝައްކު ކުރެވޭ ދިވެހި މީހާ ދަތުރުކޮށްފައި ވަނީ، އެ ދެ ޕްރޮވިންސް ނޫން އެހެން ހިސާބަކުން ކަމަށެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 13 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 2 ބިދޭސީއަކާއި ސަފާރީއަކުން 2 ބިދޭސީއެކެވެ. މިހާތަނަށް ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.