ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް 19 ނުވަތަ ކޮރޯނާ ވައިރަހާ ގުޅޭ މައުލޫމާތު ޓެކްސީ ސެންޓަރުތަކަށާއި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތްދޭ ކުންފުނިތަކަށް ދީފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ފެތުރެމުންދާ ކޮރޯނާ ވައިރަހުން ރައްކާތެރި ވުމާ ގުޅޭގޮތުން ޓެކްސީ ސެންޓަރުތަކާއި އެމްޓީސީސީގެ އިތުރުން އެމްޕީއެލް އަށް އެޗްޕީއޭގެ ފަރާތުން މައުލޫމާތު ދީފައިވާ ކަމަށާއި އެ ޕްރޮގްރާމުގައި އެމްޓީސީސީ އާއި އެމްޕީއެލްގެ އިތުރުން ދެ ޓެކްސީ ސެންޓަރަކުންވެސް ބައިވެރިވި ކަމަށެވެ.
އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ ވިދާޅުވީ މިއަދުގެ ޕްރޮގްރާމުގައި އެމްޓީސީސީ އާއި އެމްޕީއެލްގެ އިތުރުން ދެ ޓެކްސީ ސެންޓަރަކުންވެސް ބައިވެރިވި ކަމަށެވެ. ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތްދޭ ކުންފުނިތަކުގެ މުވައްޒަފުންވެސް އަމަލު ކުރަންވީ ގޮތުގެ އިރުޝާދު އެ ޕްރޮގްރާމުގައި ދީފައިވާ ކަމަށާއި ބަސްތަކުގައި ހޭލުންތެރިކުރުމަށް ހާއްސަ ޕޯސްޓަރުތައް ހަރުކޮށްފައިވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 4 މީހަކު ފެނިފައިވާ އިރު ފުރަތަމަ ފެނިފައިވާ ދެމީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ މުވައްޒަފުންނެވެ. އަނެއް ދެމީހުންނަކީ ސޭންޑީސް ބަތަލާ ރިސޯޓުގައި ތިބި 2 މީހުންނެވެ. ކުރެއްދޫން ދެ މުވައްޒަފުން ޕޮޒިޓިވްވެފައި ވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އިޓަލީއަށް ފުރާއިގެން ދިޔަ ފަތުރުވެރިއެއް ކޮރޯނާއަށް ޕޮޒިޓިވްވެފައި ވަނިކޮށެވެ. އެހެންކަމުން އެ ރިސޯޓުގެ ސްޓޭޓަސް ލެވެލް އޮރެންޖަށް މަތިކޮށް އެ ރިސޯޓުން އަރާ ފޭބުން ވަނީ މަނާކޮށްފައެވެ. ހަމައެއާއެކު ށ. ފޯކައިދޫން ދިވެއްސަކު ވަނީ މި ބައްޔަށް ޝައްކުކުރޭވޭތީ މާލެއަށް ގެނެސް ފަރުކޮޅުފުށީގައި އިތުރަށް މޮނިޓާކޮށް ހަދަންޖެހޭ ޓެސްޓުތައް ހެދުމަށް ކަރަންޓީން ކުރުމަށް މާލެ ގެންނަމުންދާ ކަން ވަނީ މިއަދު ބުނެފައެވެ. މީނާ އަކީވެސް ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ.
މާލޭގަ އޮތީ 2 ޓެކްސީ ސެންޓަރުތަ؟