ކޮވިޑް-19 އާ ގުޅިގެން މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ފަންނީ ބޭފުޅުން މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދިނުމަށް ގާއިމްކުރި ކޯލް ސެންޓަރަށް 2233 ފަރާތުން ގުޅައިގެން މައުލޫމާތު ހޯދާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އަމީން ވިދާލުވީ، 2233 ފަރާތެއް ކޯލް ސެންޓަރުން މައުލޫމާތު ހޯދުމަށް ގުޅާފައިވާ ކަަމށާއި އެންމެ ގިނައިން މީހުން ގުޅާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަން ދުވަހު ކަމަށެވެ. އެ ދުވަހު 700 އަށް ވުރެ ގިނަ ފަރާތުން ގުޅާފައިވާ ކަަމށް އަމިން ވިދާޅުވިއެވެ.

މީގެ އިތިން އަމީން ވިދާޅުވީ ފެބްރުއަރީ އެއްވަނަ ދުވަހުން ފެށިގެން މާޗްމަހުގެ 7 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ ޕޯޓްތަކުން 204،749 ފަރާތެއް ސްކްރީން ކުރެވުނު ކަަމަށެވެ. އަދި 717 މީހުންނާ ވަކިން ސުވާލުކޮށް އެމީހުންނާ އިންޓަވިއުކޮށް ވަކިން މައުލޫމާތު ސާފުކުރެވިފައި ވެއެވެ. ހަމައެއާއެކު މިދިޔަ ފެބްރުއަރީ މަހުން ފެށިގެން މިއަޑާ ހަމައަށް ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނުދީ 37 ފަރާތެއް އަނބުރާ ފޮނުވާލެވިފައިވާ ކަމަށާއި، މިއަދާ ހަމައަށް 810،107 ފަރާތަކަށް ހޭލުންތެރި ކުރުވުމުގެ ގޮތުން ސީދާ މައުލޫމާތު ފޯރުކޮށް ދީފައިވާ ކަމަށެވެ.

"މި ބަލި ކޮންޓިން ކުރުމުގެ އުންމީދު އެބައޮތް. ރާއްޖޭގައި މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަޅާއިރު ޕޮޒިޓިވްކޮށް ފެނިފައިވާ ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިންގް އަޅުގަނޑުމެންނަށް ރަނގަޅަށް އައިޑެންޓިފައި ކުރެވި މިހާރު ހުރި އެސްއޯޕީސް ތަކުގެ ތެރެއިން އަޅުގަނޑުމެން ހަރުދަނާ ފިޔަވަޅުތަކެއް އެޅިއްޖެ ކަމަށްވާނަމަ އަޅުގަނޑުމެންނަށް އަދިވެސް އެ ފުރުސަތު އެބައޮތް"
އަބްދުﷲ އަމީން

މިއަދާ ހަަމައަށް އައި އިރު މި ބައްޔަށް ޕޮޒިޓިވް ވެފައިވާ 4 ފަރާތެއް ރާއްޖެއިން ވަނީ ފެނިފައެވެ. އަމީން ވިދާޅުވީ މިހާރު ޕޮޒިޓިވްކޮށް ފެނިފައިވާ ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިންގް ރަނގަޅަށް އައިޑެންޓިފައި ކުރެވި މިހާރު ހުރި އެސްއޯޕީސްތަކުގެ ތެރެއިން ހަރުދަނާ ފިޔަވަޅުތަކެއް އެޅިއްޖެ ކަމަށްވާނަމަ މިބަލި ފެތުރުން ކޮްނޓްރޯލް ކުރެވިގެން ދާނެ ކަމަށެވެ.

އަމީން ވިދާޅުވީ، ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން ދުނިޔެއަށް އާންމުވާ ރަންގަބީލް ފެށުމާއެކު ފުރަތަމަ އެކަމާ ގުޅިގެން މަސައްކަތްތައް ކުރަން ފެށި އެއް ގައުމަކީ ރާއްޖެ ކަމަށެވެ. މި ބަލި ފެތުރުނު ގައުމުތަކުގެ ތެރެއިން ރާއްޖެއަކީ މި ސަރަހައްދުން އެންމެ ފަހުން މިބަލި ފެނުނު ގައުމަށް ވެފައި ވަނީ ދުރާލާ ފޭސުނު މަސައްކަތްތަކެއްގެ ސަބަބުން ކަމަށް އަމީން ވިދާޅުވިއެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން / ފޮޓޯ: މަޖިލިސް

އެގޮތުން ކުރެވުނު މަސައްކަތުގެ އަސާސެއް ކަމުގައި ވެގެން ގޮސްފައިވަނީ ރައްޔަތިތުން ފުރާނައާއި ސިއްހަތު ސަލާމަތް ކުރުން ކަމަށް އަމީން ވިދާޅުވިއެވެ. އެއަށްފަހު އިގްތިސޯދާއި ގައުމަށް ދުރު މުސްތަގްބަލެއްގައި ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ވިސްނައިންގެން ނިންމުންތައް ނިންމުމަށް މަސައްކަތް ކުރެއްވިކަމަށް އަމީން ވިދާޅުވިއެވެ.

މި ނިންމުންތައް ނިންމުމުގައި ރާއްޖޭގައި ތިބި ފަންނީ ފަރާތްތަކާއި ތަޖުރިބާކާރުންނާއި ޑޮކްޓަރުންނާއި ކަމާބެހޭ މުއައްސަސާތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއި ފަތުރުވެރިކަމުގެ އެކިއެކި ޖަމާއަތްތަކާއި، އެކު މަޝަވަރާކުރެވި ނިންމުންތައް ނިންމުނު ކަމަށް އަމީން ފާހަގަކުރެއްވިއެވެ.

  • 6 ޖެނުއަރީ 2020 - ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ހްލްތް މިނިސްޓްރީއާއި އެޗްޕީއޭ އިން ބައްދަލުވުން ބާއްވާ ރާއްޛޭގައި މިކަމާ ގުޅިގެން ރިސްކް އެސެސްމެންޓް ހަދަން ނިންމުނު
  • 12 ޖެނުއަރީ 2020 - ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ރިސްކް އެސެސްމެންޓް އެއް ހަދާ ނިމުނު
  • 20 ޖެނުއަރީ 2020- ނެޗަނަލް ރެސްޕޮންސް ގައިޑްލައިން ތައްޔޜާު ކުރެވުނު އަދި ސްތޭކްހޯލްޑަރުންނާ ކަމާބެހޭ ފަރާތްތަކަށް ތަމްރީން ދިނުމުގެ މަސައްކަތް ފެށުނު
  • 20 ޖެނުއަރީ 2020 - ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓާމަލް ކެމެރާ ހަރުކުރެވުނު އަދި ސްކްރީން ކުރަން ފެށުނު
  • 20 ޖެނުއަރީ 2020- ޓެކްނިކަލް އެޑްވައިޒަރިއަކުން ކްލިނިކަލް ގައިޑްލައިން އެކުލަވާލުމުގެ މަސައްކަތް ފެށުނު
  • 26 ޖެނުއަރީ 2020- އައްޑޫގައި ތާމަލް ކެމެރާ ހަރުކޮށް ސްކްރީންކުރަން ފެށުނު
  • 27 ޖެނުއަރީ 2020- ހުޅުމާލޭގައި ހުރި ޕްރީ ސްކޫލެއް ވަގުތީ ސްކްރީނިން މަރުކަޒެއްގެ ގޮތުގައި ބަދަލު ކުރި
  • 28 ޖެނުއަރީ 2020- ރައްޔިތުން މަޖިލީހުގެ ކަމާބެހޭ މެންބަރުންނަށް މައުލޫމާތު ހިއްސާކުރުމަށް އެދި މަޖިލީހުގެ ރައީސަށް ސިތީ ފޮނުވިން
  • 29 ޖެނުއަރީ 2020- މަލްޓި އެޖެންސީ ޓޭބަލް ޓޮޕް އެކްސަސައިޒެއް ބޭއްވާ، އިސްލާހް ކުރަންޖެހޭ ކަންކަން އިސްލާހް ކުރެވުނު
  • 29 ޖެނުއަރީ 2020- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަގިތީ އައިސޮލޭޝަން ގާއިމްކޮށް، ފަންނީ ބޭފުޅުން މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދިނުމަށް ކޯލް ސެންޓަރެއް ގާއިމް ކުރެވުނު،
  • 30 ޖެނުއަރީ 2020 - އެމްޖެންސީ އޮޕަރޭޝަން ސެންޓަރެއް މިނިސްޓްރީ އޮފް ހެލްތުގައި ގާއިމް ކުރެވުނު.
  • 30 ޖެނުއަރީ 2020 - ޑަބްލިއުއެޗްއޯއިން ކޮވިޑް-19 އަކީ ޕަބްލިކް ހެލްތް އެމްޖެންސީ އޮފް އިންޓަނޭޝާނަލް ކޮންސާނެއްގެ ގޮތުގައި ޑިކްލެއާވި
  • 30 ޖެނުއަރީ 2020- އައިސޮލޭޝަން ފެސިލިޓީ ގޮތުގައި ފޮނަދޫ، ފަރުކޮޅުފުށީ ގާއިމްކުރި
  • 30 ޖެނުއަރީ 2020- ޗައިނާއިން ދަތުރު ކުރި މީހަކު ބަލީގެ އަލާމާތްތައް ހުރިކަމަށް ބެލެވިގެން ފޮނަދޫގައި އައިސޮލޭޓް ކުރެވުނު
  • 31 ޖެނުއަރީ 2020 - އަތޮޅުތަކުގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ސިއްހީ ގޮތުން ބޭނުންވާނެ މާސްކާއި ހޭނޑް ސެނެޓައިޒާ ފަދަ ތަކެތީގެ ރިކުއެސްޓް ތައްޔާރުކޮށް ކަމާ ބެހޭ ފަރާތްތަކަށް ފޮނުވުނު
  • 31 ޖެނުއަރީ 2020 - ޗައިނާއިން ރާއްޖެއަށް އައި ، ބަލީގެ އަލާމަތް ނެތް ދެ ދިވެހިނާއި ޗައިނާއަށް ދަތުރު ކުރި ކަމުގެ ހިސްޓްރީ ހުރި ބަލީގެ އަލާމާތް ހުރި ދެ ދިވެހިން އައިސޮލޭޓް ކުރެވުނު
  • 31 ޖެނުއަރީ 2020 - ރައީށް އިބްރާހިމް މުހައްމަދު ސޯލިހް ވަޒިރުންގެ ކޮމިޓީ އެކުލަވާލައި އަވަހަށް ކަންކަން ނިންމުމަށް ނިންމެވި
  • 1 ފެބްރުއަރީ 2020 - ޓެސްޓު ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުނު ސާމްޕަލްތައް އިންޑިއާގެ ޕޫނޭއަށް ފޮނުވުނު
  • 1 ފެބްރުއަރީ 2020 - ރާއްޖެއިން ފޮނުވާ ސާމްޕަލް ޓެސްޓު ކުރުމުގެ ހުއްދައަށް ތައިލެންޑްގެ ލެބޯޓްރީއެއްގައި ސަރުކާރުން އެދުނު
  • 1 ފެބްރުއަރީ 2020 - ރާއްޖޭގެ ސީނިއާ ޑޮކްޓަރުން ހިމެނޭ ގޮތަށް ޓެކްނިކަލް ގްރޫޕެއް އުފައްދާ މަޝްވަރާ ނަގަން ފެށުނު
  • 1 ފެބްރުއަރީ 2020 - ޗައިނާއިން ޑައިރެކްޓްކޮށް ރާއްޖެއަށް ދަތުރުކުރުން މެދުކަނޑަލި
  • 3 ފެބްރުއަރީ 2020- ޕޫނޭއަށް ފޮނުވި ޓެސްތަކުގެ ނަތީޖާ ލިބުނު. ހުރިހާ ޓެސްޓުތައް ނެގެޓިވް
  • 3 ފެބްރުއަރީ 2020 - ޗައިނާ މަގުން ދަތުރު ކުރާ ހުރިހާ ފްލައިޓެއް މަޑުޖައްސާލަން ނިންމުނު
  • 3 ފެބްރުއަރީ 2020 - ޗައިނާގައި ތިބި ދިވެހިން ގެނައުމަށް ނިންމާ އަދި އެ ދިވެހިން 14 ދުވަހުގެ ކަރަންޓީންގައި ތިބުމަށް ނިންމުނު
  • 18 ފެބްރުއަރީ 2020 - ވޫހާންގައި ތިބި ދިވެހިން އިންޑިއާގައި 14 ދުވަހު ކަރަންޓީން ގައި ތިބުމަށްފަހު ރާއްޖެއަށް އައި
  • 20 ފެބްރުއަރީ 2020 - އައިޖީއެމްއެޗްގެ ލެބޯތްރީގައި މި ބައްޔަށް ޓޭސްޓު ކުރެވޭނެ އިންތިޒާމް ހަމަަޖއްސައި، 1000 ފަރާތަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހަަމޖެއްސި
  • 26 ފެބްރުއަރީ 2020 - ރާއްޖެއަށް ކްރޫޒް ލައިނާސް އައުން ވަގުތީ ގޮތުން މެދުކަނޑާލެވުނު،
  • 3 މާޗް 2020 - އެޗްޕީއޭ އާއި އެންޑީއެމްއޭއާ ހުޅިގެން ނެޝަނަލް އެމްޖެންސީ އޮޕަރޭޝާން ސެންޓަރެއް ދަރުބާރުގޭގައި ގާއިމްކުރެވުނު
  • 3 މާޗް 2020 - ކޮރެއާގެ ދެ ސަރަހައްދެއް ކަމުގައިވާ ނޯތް ޖިއޮންގް ސަން އަދި ސައުތް ޖިއޮންގް ސަން ސަރަހއްދުން ދަތުރު ފަށާ މީޙުންނާއި އެ ސަރަހއްދުން ދަތުރު ކުރާ މީހުން ރާއްޖެއަށް އައުން މެދުކަނޑާލެވުނު
  • 5 މާޗް 2020 - އިތާލީން ރާއްޖެއަށް ދަތުރު ކުރި ދިވެއްސަކު މިބަލީގެ އަލާމަތްތައް ހުރިކަމަށް މައުލޫމާތު ލިބިގެން އެފަރާތް ޓެސްޓު ކުރެވުނު. މިއީ ރާއޛޭގައި މިބައޔަށް އެންމެ ފުރަތަމަ ފަހަަރަށް ކުރެވުނު ޓެސްޓު. އަދި ޓެސްޓުގެ ނަތީޖާ ވަނީ މިބައްޔަށް ނެގެޓިވް ވެފައި
  • 7 މާޗް 2020 - ކުރެއްދޫ ރިސޯޓުގައި ތިބި 2 މުވައްޒަފުން ކޮވިޑް-19 އަށް ޕޮޒިޓިވް ވި
  • 7 މާޗް 2020 - އިޓާލީން ދަތުރު ަފށާމީހުންނާއި އިޓާލީ މަގުން ދަތުރު ކުރާ ފަރާތަތައް ރާއްޖެއަށް ދަތުރުކުރުން ވަގުތީ ގޮތުން މަޑުކަނޑާލެވުނު
  • 8 މާޗް 2020 - ބަތަލާ ރިސޯތުގައި ތިބި ދެ ފަރާތެއް ކޮވި-19 އަށް ޕޮޒިޓިވްވެފައިވެފައިވޭ