އެސްޓީއޯއިން ހޭންޑް ސެނެޓައިޒާ އާންމުންނަށް ވިއްކުން މަޑުޖައްސާލައިފިއެވެ.

މިހާރު ދަރުބާރު ގޭގައި ކޮވިޑް19 އާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފް އަދި އެސްޓީއޯއާ ގުޅިގެން ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާލުވީ މިވަގުތަކީ ކާޑުގެ ބާވަތްތަކުން މުޅި ކޮޓަރި ފުރާލަންވީ ވަގުތެއް ނޫން ކަމަށެވެ. މި ވަގުތަކީ ސައިބޯނި ލައިގެން އަތް ދޮވުން މުހިއްމު ވަގުތެއް ކަމަށާއި ހޭންޑް ސެނެޓައިޒާ އާންމުންނަށް ވިއްކުން މަޑު ޖައްސާލާފައިވާ ކަމަށެވެ.

މި ގޮތަށް ހަމަޖެއްސީ މިހާރު ރާއްޖޭގައި ދެމީހަކު ކޮވިޑް19 އަށް ޕޮސިޓިވް ވި ހަމަބަރާއެކު އާންމުންގެ ގިނަ ބަޔަކު ސެނެޓައިޒާ ގަންނަނަ އަންނަނާނެ ކަމަށް ފެންނާތީ ކަމަށާއި އާންމުންނަށް ހުޅުވާލައިފިނަމަ ހުސްވެދާނެތީ ކަމަށް އަމްރު ވިދާޅުވިއެވެ. ގޭގައި ސެނެޓައިޒާ މުހިންމު ނޫންކަމަށާއި އެ މުހިންމީ ވަކި ބަޔަކަށް ކަމަށް އަމްރު ވިދާޅުވިއެވެ.

"ހޭންޑް ސެނެޓައިޒާ ދިނުން ވަނީ ހުއްޓާލާފަ، އެއީ އެއްކޮށް ހުޅުވާލައިފިނަމަ ބައިވަރު ގަނެއްޖެނަމަ ހުސްވެދާނެތީ، ގޭގެ ވިއްޔާ ސެނެޓައިޒާ މާ މުހިންމެއް ނޫން، އެ މުހިންމީ ވަކި ބަޔަކަށް، ގޭގައި ސައިބޯނި ލައިގެން އަތް ދޮވުން ރަނގަޅު"
ހުސައިން އަމްރު

ހަމައެއާއެކު ފޭސް މާސްކު ވެސް ވަނީ ލިމިޓްކޮށްފައި ކަމަށް އަމްރު ވިދާޅުވިއެވެ. ބަލި ނުވާ މީހުން މާސްކު އަޅަންނުޖެހޭ ކަމަށް ޑޮކްޓަރު ވެސް ލަފާދޭ ކަަމަށާއި އެހެންވީމަ މާސްކު މުހިންމީ ބަލި މީހުންނަށް ކަމަށް އަމްރު ވިދާޅުވިއެވެ. މި ވަގުތު އެސްޓީއޯއިން މާސް ވިއްކަމުން ދަނީ 2 ރުފިޔާގެ ރޭޓުން ކަމަށާއި އެސްޓީޢޯއިން މާސްކް ގެ އަގު އެ މިންގަނަޑުގައި ހިފަހައްޓާނެ ކަމަށްވެސް ވިދާޅުވިއެވެ.

އިންޑިއާއިން ބޭސްފަރުވާއަށް ބޭނުންވާ ވަސީލަތްތައް އެކްސްޕޯޓުކުރުން މަޑު ޖައްސާލާފައި ވީނަމަވެސް އެކަމމުން އަސާސީ ބޭސް ލިބުމަށް ދަތިތަކެއް ނެތްކަމަށާއި ހަމައެކަނި ބޭސް އެތެރެ ކުރަނީ އިންޑީޢައިން ނުޏް ކަމަށް އަމްރު ވިދާޅުވިއެވެ. ހަމައެއާއެކު ޚާޑުގެ ބާވަތްތައް ލިބުނުގައިވެސް އެއްވެސް ދަތިކަމެއް ނެތަކަމަށް އަމުރު ވިދާޅުވިއެވެ. އަދި މިވަގުތަކީ އެއްބަޔަކު ކާޑުގެ ބާވަތްތައް ގަނެގެން ގޭގައި ގުދަން ކުރަންވީ ވަގުތު ނޫން ކަމަށާއި މި ވަގުތަކީ އެއްބައިވަންތަކަން ދައްކަންޖެހޭ ވަގުތު ކަމަށްވެސް އަމްރު ވިދާޅުވިއެވެ.

ކޮވިޑް19 ރޯގާއަށް ރާއްޛޭގައި ޕޮޒިޓީވް ކޭސްއެއް ފެނިފައި ވަނީ މިއަދުއެވެ. މި ބަލި ފެތުރެމުންދާ ކަމަށް އެންމެ ފުރަތަމަ އަޑުތައް ފެތުރުނު ހިސާބުން ބޭސްފިހާރަތަކުން މާސްކާއި ސެނެޓައިޒާ ފުޅި ލިބުމުގެ ދަތިތަކުގެ ވާހަކަ ވަނީ ދެކެވިފައެވެ. ހަމައެއާއެކު ރާއްޖޭގައި އަސާސީ ބޭސްފަރުވާއަށް ބާނުންކުރާ ބޭހާއި ކާޑުގެ ބާވަތްތައް މީހުން އެއްކުރަމުންދާ ކަމަށް ބުނެ ނައިފަރު ދާއިރާގެ އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.