އެމްޑީޕީގެ ރަން ރީނދޫ ފަތިހުން ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސްކަން އަލިވިލުވައި ދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"ރަށްވެހި ފަތިސް" ކެމްޕޭނާ ގުޅުވާލައިގެން އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ "ރަށްވެހި ފެސްޓިވަލް" ގައި ވާހަކަ ދައްކަމަވުން ނަޝީދު ވިދާޅުވީ ކައުންސިލް ތަކަށް ކަނޑައަޅާފައިވާ ބަޖެޓު އިންތިހާ އަށް އެތަށް ގުނައެއް ބޮޑު ކަމަށާއި ފަސް މިލިއަނަށް ވުރެ ކުޑަ ހުރިހާ މަސައްކަތްތަކެއް ރަށްރަށުގެ ކައުންސިލުން ކުރެވޭނެ ކަމަށެވެ. ރަށު ރައްޔިތުން ލައްވާ އެ މަސައްކަތްތަށް ކުރެވޭނެ ކަމަށާއި އެ ފައިސާ ރަށްރަށުގައި ބަހެއްޓޭނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިސާލު ޖައްސަވަމުން ނަޝީދު ވިދާޅުވީ، ތިނަދޫގެ ބަޖެޓަށް 2018 ވަނަ އަހަރުވެސް ކަނޑައަޅާފައި ވަނީ 4 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް މިހާރުގެ ސަރުކާރުން ވަނީ 29 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައި ކަމަށެވެ.

ކައުންސިލް އިންތިހާބުގެ އަމާޒު ހުރީ މުޅި ރާއްޖެ ބަދަލު ކުރަމަށް ކަމަށާއި އަންހެނުންގެ ބައިވެރިވުން އިންތިހާއަށް ބޮޑުވެފައިވާ ކަން ރައީސް ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ. ޕޯސްޓަރުތަކާއި މަގުތަށް މަތިންވެސް ފެންނަނީ ރައްޔިތުންގެ ބައިވެރިވުން ކަމަށާއި ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް ނުކުމެ ތިބި ރާއްޖޭގެ ދެބައިކުޅަ އެއްބައި މީހުންނަކީ އަންހެނުން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.