އެމްޑީޕީން އެންމެ ފަހުރުވެރިވާ ކަމަކީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި އަންހެނުން ތިއްބެވުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

"ރަށްވެހި ފަތިސް" ކެމްޕޭންއާ ގުޅުވާލައިގެން އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން ބާއްވާ "ރަށްވެހި ފެސްޓިވަލް" ހުޅުވުމުގެ ރަސްމިއްޔާތުގައު ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އަންނަ ކައުންސިލް އިންތިހާބުގައި 33 ޕަސެންޓަކީ އަންހެނުން ކަމަށާއި އަދި އެމްޑީޕީން ކުރާ ކޮންމެކަމެއްގައިވެސް "ޖެންޑާ ބެލެންސް" ކުރުމުގެ ސިޔާސަތު ގެންގުޅޭނެ ކަމަށެވެ.

އަންހެނުން ވަޒީފާގެ ބާޒާރަށް އަހުލުވެރި ކުރުވާ އަދި ވަޒީފާގެ ބާޒާރުގައި އަންހެނުންނަށް ހުރި ގޮންޖެހުންތަށް އެމްޑީޕީން ހައްލިކޮށްދޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ގޭގައި ތިބެގެން އާމްދަނީ ހޯދުމުގައި ކުރިމަތިވާ ގޮންޖެހުންތަށް ހައްލުކޮށްދިނުމާއި އަންހެނުންނަށާއި ފިރިހެނުންނަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ ހަމަހަމަ ކަމަށް ބަދަލެއް ގެނުވަން މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަންހެނުންނަށް މި ސަރުކާރުން އިސްކަމެއް ދޭ ކަމުގެ އެއް ހެއްކަކީ މިނިސްޓަރުންނާއި ސަރުކާރުގެ އިސް މަގާމު ތަކަށް އަންހެން ބޭފުޅުން ހަމަޖައްސަވާފައިވާ ކަމެވެ.