ކުރިޔަށް އޮތް ރޯދަ މަހު ކަސްޓަމަރުންނަށް ފަސޭހަ ވާނެހެން އަދި ކަސްޓަމަރުންގެ ވަގުތައް ސަލާމަތް ކޮށްދިނުމުގެ ގޮތުން އެންޒީން ގޭގެއަށް މަސްދަޅު ޑެލިވާ ކޮށްދިނުމަށް ނިންމައިފިއެވެ.

އެންޒީން ވަނީ ރޯދަމަހަށް "އެންޒީ ވަރަށް ފައްކާ" މިނަމުގައު ހާއްސަ ޕްރޮމޯޝަނެއް ފަށާފައެވެ. އެގޮތުން އެންޒީން މިއަދު ބުނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން މިހާރު ކުރިޔަށް ގެންދާ ޕްރޮމޯޝަނާއި ގުޅުވައިގެން އިތުރު ޕްރޮމޯޝަނެއް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެންޒީން ބުނީ ކޮންމެ މީހަކުވެސް މިހާރު ބޭނުންވާނީ އެމީހެއްގެ ގޭގެ ދޮރާ ހަމައަށް މުދާ ގެންގޮސް ދިނުން ކަމަށް ވާއިރު އެ ހިދުމަތް ދޮރާ ހަމައަށް ފޯރުކޮށްދޭން ނިންމާފައިވާ ކަމަށެވެ. އަދި މަސްދަޅު ޑެލިވާ ކޮށްދޭނީ "އެންޒީ ވަރަށް ފައްކާ" ޕްރޮމޯޝަން ޖަހާފައިވާ ލޭބަލްވެސް ޖެހުމަށް ފަހު ކަމަށްވެސް އެންޒީން ބުންޏެވެ.

އެންޒީން ބުނީ މަސްދަޅުގައިވާ ލޭބަލް ނައްޓާލުމަށް ފަހު އޭގެ ފަހަތުގައިވާ ސީރިއަލް ނަންބަރު 5040 އަށް މެސެޖު ކުރުމުން "އެންޒީ ވަރަށް ފައްކާ" ޕްރޮމޯޝަންގައި ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނެ ކަމަށެވެ. އެ ޕްރޮމޯޝަންގައި 1،000 ރުފިޔާއިން ފެށިގެން 10،000 ރުފިޔާއާ ހަމައަށް ފައިސާގެ އިނާމު ލިބިގެންދާނެއެވެ. އެގޮތުން ކޮންމެ މަހަކުވެސް މި ޕްރޮމޯޝަންގެ ގުރު ނެގޭނެ ކަމަށާއި ގުރުއަތުން ދިމާވާ ތިން މީހަކަށް 1،000 ރުފިޔާއާއި 5،000 ރުފިޔާ އަދި 10،000 ރުފިޔާގެ ފައިސާގެ އިނާމު ލިބިގެންދާނެ ކަމަށް އެންޒީން ބުންޏެވެ.

އެންޒީން ބުނީ މިދިޔަ މަހުގެ 15އިން ފެށިގެން ޖުލައި 31ގެ ނިޔަލަށް ސީރިއަލް ނަންބަރު މެސެޖުކޮށްފައި ވާ ފަރާތްތަކުގެ ތެރޭގައި ގްރޭންޑު ލަކީ ޑްރޯއެއް ނެގިގެން ދާނެ ކަމަށެވެ. އަދި ތިން ފަރާތެއް އެ ގުރުއަތުންވެސް ނެގިގެން ދާއިރު 30،000 ރުފިޔާއާއި 50،000 ރުފިޔާ އަދި 100،000 ރުފިޔާގެ ފައިސާގެ އިނާމު ލިބިގެންދާނެ ކަމަށް އެންޒީން ބުންޏެވެ.

އެންޒީގެ ފްރީ ޑެލިވަރީ ލިބިގެން ދާނީ މަދުވެގެން 13 މަސްދަޅު ގަންނަ ފަރާތްތަކަށެވެ.