ދިވެހި ސިފައިންނާއި އެމެރިކާގެ ސިފައިން ގުޅިގެން ކުރިއަށް ގެންދާ އެކްސަސައިޒް "ބެލެންސް މެޓަލް" ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ އެމެރިކާގެ އަސްކަރިއްޔާގެ ސްޕެޝަލް ފޯސް އާއި ގުޅިގެން ފެށި މި ތަމްރީނުތަކުގައި އެމްއެންޑީއެފްގެ ސެންޓްރަލް އޭރިޔާއިން ބައިވެރިވެފައި ވަނީ މިއަދު ކަމަށެވެ.

މި އެކްސަސައިޒުގައި ބައިވެރިވެފައި ވަނީ އެމްއެންޑީއެފް މެރިން އާއި އެމެރިކާގެ ސްޕެޝަލް ފޯސްއާއެވެ. އެ ހަރަކާތުގައި ހާއްސަ އުކުޅުތައް ދަސްކޮށްދޭނެ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހުވެސް ވަނީ މީގެ ތަމްރީނެއް ބާއްވާފައެވެ.