ށ. ފުނަދޫގައި ކުޑަ ކުއްޖަކު މޫދަށް ގެނބިގެން މަރުވެއްޖެ އެވެ.

ފުލުހުން ބުނީ، މަރުވެފައިވަނީ އުމުރުން 1 އަހަރާއި 9 މަހުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އެ ކުއްޖާ މަރުވެފައިވަނީ މޫދަށް ގޮސް އުޅެނިކޮށް ގެނބިގެން ކަމަށެވެ.

މި މައުލޫމަތު ލިބިގެން ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުން ނެވެ.

ށ. ފުނަދޫގައި ކުޑަ ކުއްޖަކު މޫދަށް ވެއްޓިގެން މަރުވެފައިވާއިރު ޖެންޑާ މިނިސްޓްރީންވެސް އަންނަނީ މި ހާދިސާގައި މަރުވި ކުއްޖާގެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިފަދަ ހާދިސާތައް މަދުން ނަމަވެސް ރާއްޖޭގައި ހިނގައެވެ. އެގޮތުން މިދިޔަ އަހަރުގެ މެދެއްހާ ހިސާބުގައި މާފުށީގައިވެސް މިފަދަ ހާދިސާއެއް ވަނީ ހިނގާފައެވެ.