މާލޭ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ޕްލޭން އިފްތިތާހު ކޮށްފިއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާ ހަވާލުކޮށްފައިވާ 462 މިލިއަން ރުފިޔާގެ މި މަޝްރޫއު އިފްތިތާހު ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރާ މަޝްރޫއު "މާލެ ސިޓީ ސްޓްރީޓްސްކޭޕިން ޕްރޮޖެކްޓު"ގެ އަމަލީ މަސައްކަތް ފަށައިފައި ވަނީ މިއަދެވެ.

ކަނބާއައިސާރަނި ހިނގުން ތަރައްގީ ކުރުމަށް ޕްލޭން ކޮށްފައިވާގޮތުގެ ސާމްޕަލް

މުޅި މަޝްރޫއު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމޭނެ ކަމަށް ލަފާކޮށްފައިވާއިރު އެ މަޝްރޫއުގައި މައިގަނޑު ގޮތެއްގައި ހައްލުކުރަން އަމާޒުކޮށްފައިވާ މައްސަލަތަކަކީ:

  1. އަންޑަގްރައުންޑް ޔުޓިލިޓީ ލައިންސް
  2. ފެންބޮޑުވުން
  3. ޑީވޯޓަރިން
  4. އަލިފާން ނިއްވުން
  5. ސްޓްރީޓްސްކޭޕިން
  6. އާންމު ދަތުރުފަތުރު
  7. ޕާކިން

މި މަޝްރޫއު ނިމޭއިރު މާލޭގެ މަގުތައް ފަސް ގިންތިއަކަށް ބަހާލާނެއެވެ.

  1. އާޓީރިއަލް ރޯޑްސް
  2. ސިޓީ ރޯޑްސް
  3. ސެކަންޑްރީ ރޯޑްސް
  4. ނެއިބަހުޑް ސްޓްރީޓްސް
  5. ޕެޑެސްޓްރިއަން ސްޓްރީޓްސް

މީގެ އިތުރުން މަޝްރޫއު ނިމޭއިރު މަގުގެ ދުވާރުތައް މިހާރަށް ވުރެ ފުޅާވާނެ ކަމަށާއި ދުވާރު ނެތް މަގެއް ނުހުންނާނެ ކަމަށް އާރުޑީސީން ވަނީ ބުނެފައެވެ.