އިންދިރާ ގާންދީ އެތްލެޓިކް ސްޓޭޑިއަމްގައި ކުރިއަށްދިޔަ 65 ވަނަ އިންޑިއާ ފިލްމްފެއާ އެވޯޑްސް ހަފުލާގައި، ބޮޑެތި ކެޓަގަރީތަކަކުން ފާހަގަކޮށްލެވޭ ގިނަ އެވޯޑްތަކެއް، ފިލްމް "ގަލީ ބޯއީ"އިން އުފުލާލާއިފިއެވެ.

ކަރަން ޖޯހަރު، ވިކީ ކޯޝާލް އަދި ވަރުން ދާވަން ހޮސްޓުންގެ ގޮތުގައި ފެނިގެންދިޔަ މިފަހަރުގެ ފިލްމްފެއާ އެވޯޑްސްގައި "ގަލީ ބޯއީ"އިންވަނީ 11 އެވޯޑެއް އުފުލާލާފައެވެ. ބެސްޓް އެކްޓްރެސް، ބެސްޓް އެކްޓާ، ބެސްޓް ޑައިރެކްޓަރުގެ އިތުރުން އަހަރުގެ އެންމެ މޮޅު ފިލްމުގެ 'ބްލެކް ލޭޑީ' ޓްރޯފީ އުފުލާލީވެސް "ގަލީ ބޯއީ"ގެ ޓީމުންކަން ފާހަގަކުރަންޖެހެއެވެ.

މިފަހަރުގެ އެވޯޑު ހަފުލާ ގުވަހާތީގައި ކުރިއަށް ގެންދިޔައިރު، މިއީ ފާއިތުވީ 60 އަކަށް އަހަރު ދުވަހުގެ ތެރޭހައި މުމްބާއީއިން ބޭރުގައި މި އެވޯޑް ހަފުލާ ބޭއްވި ފުރަތަމަ ފަހަރެވެ. މިފަހަރުގެ އެވޯޑް ހަފުލާގައި އަކްޝޭ ކުމާރު، ރަންވީރު ސިންހް، އަޔޫޝް ކުރާނާ އަދި ކާރްތިކް އާރްޔަން ފަދަ ވިދުންގަދަ ތަރިންގެ އާދަޔާ ހިލާފު ހުނަރުތަކެއްވެސް ވަނީ ފެނިގެންގޮސްފައެވެ.

ފިލްމްފެއާ އެވޯޑްސްއަކީ އިންޑިއާގައި ހިންދީ ބަހުން އުފައްދާ ފިލްމުތަކަށް ހާއްސަ ކޮށްގެން ދެމުން އަންނަ އެންމެ ޝަރަފުވެރި އެވޯޑެވެ.