ވިލިމާލެ ބްރިޖު ވެސް ބިލާހަކަށް ވެއްޖެ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ، ކޮރޯނާ ވައިރަސްގެ ސަބަަބުން ސަރުކާރުގެ މުއައްސަސާތަކުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ބައެއް ކަންކަން ފަސްކުރަން ނިންމާފައި ވާތީއެވެ.

މި ސަރުކާރަށް ފާޑުވިދާޅުވަމުން އިދިކޮޅު ޕާޓީ ޕީޕީއެމްގެ ނައިބު ރައީސްގެ މާގާމު ފުރުއްވަމުން ގެންދަވާ ޝިޔާމް ވިދާޅުވީ، ބްރިޖު އެޅޭނީ ބްރިޖު އެޅޭނެކަމަށް ގަބޫލުރާ ބަޔަަކަށް ކަމަށާއި ބްރިޖު އަޅަން އިނގޭ ބަޔަކަށް ކަމަށެވެ. އަދި ބްރިޖެއް އެޅޭނީ ބްރިޖު އެޅުމަށް ފައިސާ ހޯދަން އެނގޭ ބަޔަކަށް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންނެވި ހުރިހާ ވައުދެއް ނުފުއްދޭނެ ސަބަބަކަށް ކޮރޯނާ ވައިރަސް ނުހެއްދެވުވަށެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާއިން އުފަންވެގެން އައި ކޮރޯނާ ވައިރަސް ނުވަތަ ރަސްމީ ނަމުންނަމަ "ކޮވިޑް-19" މިހާރު މުޅި ދުނިޔެއަށް ފެތުރި އެކަމުގެ ބިރު މިވަނީ ބޮޑުވެފައެވެ. މިއަދާ ހަަމއަށް އައި އިރު އެބަލީގައި 1368 މީހުން ވަނީ މަރުވެފައެވެ. މި ވައިރަސްގެ ސަބަބުން ރާއްޖެއަށް އިގްތިސޯދީ ގޮތުން އެތައް ގެއްލުންތަކެއް ވާނެ ކަމަށް ލަފާކޮށް ލިބޭ ގެއްލުން ކުޑަ ކުރުމަށް ސަރުކާރުން ވަނީ ހަރަދު ކުޑަކުރުމުގެ ގޮތުން އެތައް ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ.

ސަރުކާރުގެ މި ނިންމުމަށް އާންމުންގެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އެގޮތުން ސަރުކާރު މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ނުލިބޭ ޝަކުވާއާއި ޓީޗަރުންގެ މުސާރަ ބޮޑުކުރުން ފަސްކުރުމަށް ނިންމުމުން ހިމެނެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުން، ސަރުކާރުގެ އޮފީސްތައް ލަސްވެގެން 4 ޖަހާއިރު ބަންދު ކުރަން ޖެހެއެވެ.

ސަރުކާރުން ހަރަދު ކުޑަކުރަން އިއުލާނު ކޮށް، ގިނަ އަދަދެއްގެ ބަޔަކަށް ސަރުކާރުގެ ސިޔާސީ ވަޒީފާ ދިނުމާއި، ކޮމަންވެލްތުގެ ދިދަ ނަގަން ސަރުކާރުގެ ވަފްދެއް ލަންޑަނަށް ދިޔަ ދިއުމަކީވެސް އާންމުން ފާޑުކިޔާފައިވާ ކަންކަމެވެ.