4 މީހުންނާއެކު އައްޑުއަށް ދާން ފުރި ލޯންޗެއް ގެއްލިގެން އެމްއެންޑީއެފުން ހޯދަން ފަށައިފިއެވެ. ގެއްލިގެން ހޯދަމުން ދަނީ "މިހޯ ޕަލަސް" ނަމަކަށް ކިޔާ ލޯންޗެކެވެ. އެމްއެންޑީއެފުން ބުނީ ލޯންޗު ހޯދުމަށްޓަކައި، ކޯސްޓުގާޑުގެ "ދޮށިމޭނާ" މިހާރު ފުވައްމުލަކާއި އައްޑުއާ ދެމެދުން 14 މޭލު ބޭރުން ދަތުރު ކުރަމުން ދާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ 12:05 ހާއިރު ލޯންޗާ ގުޅުނު ކަމަށާ ނަމަވެސް މިހާރު ރޭންޖް ކެނޑިފައި ވާކަމަށެވެ. ނަަމަވެސް ފޯނުން ކިއި އެއްޗެއް ސާފު ނުވިކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ އެ ލޯންޗު ފުރާފައި ވަނީ ގދ ފިޔޯރީން އައްޑޫ ސިޓީގެ ހިތަދުއަށް ދިއުމަށް ކަމަށެވެ. ލޯންޗު ގެއްލިފައި މިވަނީ ފިޔޯރީން ލޯންޗް ގަނެގެން އައްޑުއަށް ދަތުރު ކުރަމުން ދަނިކޮށެވެ.

މި ލޯންޗުގައި 4 މީހަކު ތިބި އިރު އެމީހުންގެ މައުލޫމާތެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.