ގުދުރަތީ ގޮތުން އުފެދިފައިވާ އެންމެ ބޮޑު ގަނޑުފެންގަނޑުގެ މިސްރާބު ހުރީ މާސިންގާ ކަނޑާ ދިމާލަށް ކަމަށް ސައިންސްގެ ދުނިޔޭގެ ޚަބަރުތައް ބުނެފިއެވެ.

ދުނިޔޭގެ އެންމެ ދެކުނުގައި އޮންނަ ގަނޑުފެނުގެ ބައްރު ނުވަތަ އެންޓާކްޓިކުން 2017 ވަނަ އަހަރު ނައްޓައިގެން ދިޔަ އޭ68ގެ ނަން ދީފައިވާ މި ގަނޑުފެންގަނޑުގެ މިސްރާބު ހުރީ އުތުރަށް ގޮސް، ބައްރުން ބޭރުވުމަށް ކަމަށް މައުލުމާތު ލިބެއެވެ.

އެންޓާކްޓިކުން 2017 ވަނަ އަހަރު މި ގަނޑުފެންގަނޑު ނައްޓައިގެން ދިޔައިރު އޭގެ ބޮޑު މިނުގައި ގާތްގަނޑަކަށް 6000 އަކަ ކިލޯމީޓަރު ހުއްޓެވެ.

ފާއިތުވީ 2 އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި މި ގަނޑުފެންގަނޑުން މާ ބޮޑު ބައެއް ވިރިފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ދެކުނު ކަނޑުގެ ގަދަ އޮއެވަރާ އުދަބާނިތަކުގައި ޖެހި، ގަނޑުފެންގަނޑަށް މިގޮތުގައި ދެމި އޮވެވިދާނެ ކަމާ މެދު ސައިންސްވެރިން ސުވާލު އުފައްދައެވެ.

މިފަދަ މާސިންގާ ގަނޑުފެންގަނޑުތައް ދަތުރުކުރާ ގޮތް ގާތުން ބަލަމުންދަނީ ކަނޑުދަތުރުކުރާ ފަރާތްތަކުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައެވެ.