ދެކުނުގެ ރަށެއްގައި 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކަށް އެކުއްޖާގެ މަންމަ ޖިންސީ ގޯނާކުރި މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާއިން ބުނީ ދެކުނުގެ ރަށެއްގައި 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް އޭނާގެ މަންމަ ޖިންސީ ގޯނާކުރި މައްސަލައެއް މިދިޔަ އާދިއްތަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކުއްޖާ މިހާރު ރައްކާތެރި މާހައުލަކަށް ބަދަލު ކުރެވިފައިވާ ކަމަށާއި އެ އަންހެން މީހާގެ އިތުރު ދެކުންދިވެސް ރައްކާތެރި މާހައުލަކަށް ބަދަލު ކޮށްފައިވާ ކަަމަށް ޖެންޑާއިން ބުންޏެވެ.

އެމައްސަލައާ ގުޅިގެން ފުލުހުން ބުނީ 14 އަހަރުގެ ފިރިހެން ކުއްޖަކަށް އެކުއްޖާގެ، 38 އަހަރުގެ މަންމަ ޖިންސީ ގޯނާކޮށް ބަދު އަހުލާގީ އަމަލު ހިންގާކަމުގެ މައްސަލައެއް ހުށަހަޅާފައިވާ ކަަމަށެވެ.

ފުލުހުން އަންނަނީ އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޖިންސީ ގޯނާ ކޮށްގެން ފުލުހަށް ހުށަހެޅޭ މައްސަލަތައް ފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ. އެގޮތުން ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިއަދު ވަނީ ފުލުހަށް ހުށަހަޅާފައެވެ. އަދި އިއްޔެ ވަނީ 5 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 35 އަހަރުގެ މީހަކު ހައްޔަރުކޮށްފައެވެ.