ޕީޕީއެމްގެ ބޮސް އަކީ ކުރީގެ ރައީސް އަބުދުﷲ ޔާމީން ކަމަށާއި އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކެންޑިޑޭޓަކީވެސް ރައީސް ޔާމީން ކަމަށް ވިދާޅުުވެ، ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފަށް ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ރައްދު ދެއްވައިފިއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މިނިސްޓަރު މަހުލޫފް ވިދާޅުވީ ޕީޕީއެމް އަދި ޕީއެންސީގެވެސް ވިސްނުން މިހާރު ހުރީ ރައީސް ޔާމީން ޖަލުގައި ބޭއްވުމަށް ކަމަށާއި އެމަނިކުފާނު ޖަލުގައި ބާއްވައި އެބޭފުޅުން (އިދިކޮޅު) ގެ ތެރެއިން ބަޔަކު ރިޔާސީ އިންތިހާބަށް ނުކުންނަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެކަމަށް ރައްދު ދެއްވައި ޝުޖާއު ވިދާޅުވީ ޕީޕީއެމްގެ ވާހަކަ ކިތަންމެ ވަރަކަށް ދެއްކެވި ނަމަވެސް މަހުލޫފަށް ޕީޕީއެމުން ފުރުސަތެއް ނެތް ކަމަށެވެ. ޕީޕީއެމް ހިންގަންވީ ގޮތް މަހުލޫފަށް އެނގިވަޑައި ނުގަންނަވާނެ ކަމަށާއި ވައުދު ފުއްދޭތޯ ބެލުމަށް ޝުޖާއު ވިދާޅުވިއެވެ.
"ޕީޕީއެމްގެ ބޮސް އަކީ ރައީސް ޔާމީން، ކެނޑިޑޭޓަކީވެސް ރައީސް ޔާމީން، ސާފުވެއްޖެ؟" ރައީސް ޔާމީން ވިދާޅުވިއެވެ.
މަހުލޫފް ވިދާޅުވީ ޕީޕީއެމްގެ ލީޑާޝިޕާއި ރިޔާސީ ޓިކެޓުގެ ބޭނުމުގައި މިހާރުވެސް އިދިކޮޅު ކޯލިޝަން ތިން ބަޔަކަށް ބެހިފައިވާ ކަމަށާއި ކުދި ކުދި ތިން ފެކްޝަނަކުން ލީޑާޝިޕަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެއީ ރަނގަޅު ނިންމުމެއް ކަމަށާއި ރައީސް ޔާމީނަކީ އެނބުރި ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވަން ހެޔޮވާވަރުގެ ބޭފުޅެއް ނޫންކަމަށެވެ.
މަހުލޫފް ވިދާޅުވީ އިދިކޮޅުގެ ތެރެއިން ރައީސް ޔާމީން ނޫން ބޭފުޅަކު ލީޑާޝިޕް ހޯދަން ކުރަމުންދާ މަސައްކަތަށް ތާއީދު ކުރައްވާ ކަމަށެވެ.