ޗައިނާގެ ވޫހާންގައި ފެތުރެން ފެށި ދުނިޔޭގެ އެތައް ގައުމަކަށް ފެތުރި އެތައް ބަޔަކު ނުރައްކަލަށް ހުށަހެޅިފައި ވުމާއެކު ޑަބްލިއުއެޗްއޯއިން އެމަޖެންސީ އިއުލާން ކޮށްފިއެވެ.

ޑަބްލިއުއެޗްއޯއިން މިހާރު ބާއްވަމުންދާ ޕްރެސް ކޮންފަރެންސުގައި ޑަބްލިއުއެޗްއޯގެ ޑައިރެކްޓާ ޖެނެރަލް ޑރ ޓެޑޯސް ވިދާޅުވީ، ކޮރޯނާ ވައިރަސް ނުވަތަ 2019އެންކޯވް ޗައިނާ ނުހިމަނާ މިހާރު 18 ގައުމަކަށް ފެތުރިއްޖެ ކަމަށެވެ. އަދި އެ 18 ގައުމުން އެ ބައްޔަށް ޝައްކު ކުރެވޭ 96 މީހަކު ފެނިފައިވާ ކަމަށާއި އެކަކުގެ ގައިން އަނެއްކެއްގެ ގަޔަށް ބަލި އެރުމުގެ 8 ކޭސް އެއް ފާހަގަ ކުރެވިފައި ވާކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ކޮރޯނާ ވައިރަހުގައި ޗައިނާއިން ބޭރުން އަދި އެއްވެސް މީހަކު މަރު ނުވާ ކަމަށެވެ. އަދި ޗައިނާއިން ބޭރުން އެ ބަލި ނުވަތަ ވައިރަސް ޖެހުނު މީހުންގެ ތެރެއިން ގިނަ ބަޔަކީ ޗައިނާގެ ވޫހާންއަށް ދަތުރު ކޮށްފައިވާ މީހުން ކަމަށްވެސް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

ޑަބްލިލުއެޗްއޯއިން އިތުރަށް ބުނީ، ކޮރޯނާ ވައިރަސް ފެތުރެމުންދަނީ ކުރިން ހީކުރި ވަރަށް ވުރެ މާ ހަލުވި ކޮށް ކަމަށެވެ.

ކޮރޯނާ ވައިރަސް ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރު ކުރާ އިރު ރާއްޖެއިންވެސް އެ ވައިރަސްއަށް ޝައްކު ކުރެވޭ ދިވެއްސަކު ވަނީ ފެނިފައެވެ. މިރޭ ހެލްތު މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ޗައިނާއިން ރޭ އައި އުމުރުން 20 އަހަރުގެ ދިވެއްސަކު ކަރަންޓީން ކޮށްފައިވާކަމަށެވެ.

ކޮރޯނާ ވައިރަހަކީ އަދި ފަރުވާއެއް ހޯދީފައި ނުވާ ވައިރަކަށް ވުމާއި ފަސޭހައިން ގައިން ގަޔަށްވެސް އަރާ ވައިރަހަކަށް ވާއިރު، ރޭ ރާއްޖެ އައި މީހާއާ ބައްދަލުވީ ކިތައް މީހުން ކަމެއް ހެލްތު މިނިސްޓްރީން ހާމައެއް ނުކުރެއެވެ. އަދި ބުނީ، އޭނާ އެކްސްޕޯސް ނުވާ ކަމަށާއި، ގެއަށް ދިޔަ ގޮތަށް އެއްޗެހި ބާލައިގެން ކޮޓަރީގައި ހުރި ކަމަށެވެ.

ހެލްތު މިނިސްޓްރީގެ އެ ބަޔާނާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒު ވެފައި ވާއިރު، އިންފެކްޓްވެފައިވާ މީހާ ރާއްޖެ އައި އިރު ހިސްޓްރީއަށް ބަލައި އޭނާ އެއާޕޯޓުން ދޫވި ގޮތަކާއި، އޭނާ ގެއަށް ދިޔަ ގޮތެއް އަދި ގޭތެރެއިން ބަޔަކާ ބައްދަލުވިތޯ ފަދަ ގިނަ ސުވާލުތައް ވަނީ އަމާޒުވެފައެވެ. އަދި އޭނާ ދިޔައީ މާލެއަށްތޯ، ހުޅުމާލެއަށްތޯ ނުވަތަ ވިލިނގިއްޔަށްތޯވެސް މިނިސްޓްރީން ބުނެފައެއް ނުވެއެވެ.