ށ. ފުނަދޫ އެއާޕޯޓުގައި ފުރަތަމަ ޓެސްޓް ފްލައިޓް ޖައްސައި، އެއާޕޯޓް ރަސްމީކޮށް ހުޅުވަން ތައްޔާރު ވެއްޖެއެވެ.
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ބޯޓެއް ފުނަދޫ އެއާޕޯޓުގައި ޖެއްސީ މިއަދު ހެނދުނު 8:10 ގަ އެވެ. މި ދަތުރުގައި ޓްރާސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރާއި ސިވިލް އޭވިއޭޝަންގެ އޮތޯރިޓީގެ އިސް ބޭފުޅުން އަދި އައިލެންޑް އޭވިއޭޝަންގެ އެކި ޑިޕާޓްމަންޓުތަކުގެ އިސް ބޭފުޅުން ފުނަދޫ އަށް ވަޑައިގަތެވެ.
މި ފްލައިޓަކީ ފުނަދޫ އެއާޕޯޓް އަންނަ މަހުގެ އެއްވަނަ ދުވަހު ހުޅުވުމުގެ ގޮތުން ހަދަން ޖެހޭ އެންމެ ފަހުގެ އިންސްޕެކްޝަން ހަދަން އެ ރަށަށް ދިޔަ ފްލައިޓެވެ. މީގެ ބޭނުމަކީ ދަތުރުތައް ފަށަން ރަންވޭ އެކަށީގެންވޭތޯ ބެލުމެވެ.
ފްލައިޓް ޖައްސާތަން ބަލާލުމަށް ރަށުގެ ދެ ހާހެއްހާ ރައްޔިތުން އެއާޕޯޓަށް ދިޔައެވެ. އަދި ރަށުގެ އެންމެން ގުޅިގެން ހާއްސަ ސައެއް ވެސް ވަނީ ތައްޔާރުކޮށްފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރަސްމީކޮށް އެއަޕޯޓް ހުޅުވަން ހަމަޖެހިފައިވާ ކަމަށާއި، އެންމެ ފުރަތަމަ ހަފްތާއަކު ތިން ފްލައިޓް ދަތުރު ކުރާނެ ކަމަށެވެ. އަދި މާޗް މަސް ނިމެންވާއިރަށް ދުވާލަކު ތިން ފްލައިޓަށް ބަދަލުވެގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ފުނަދޫގައި ޑޮމެސްޓިކް އެއާޕޯޓް އަޅާފައިވަނީ އެރަށުގެ އުތުރުކޮޅުގެ ހުޅަނގު ފަރާތުން ބިން ހިއްކައިގެންނެވެ. މި އެއާޕޯޓުގެ މަސައްކަތް ފަށާފައިވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. މި ރަށުގައި ހަދާފައިވަނީ ދިގުމިނުގައި 1،200 މީޓަރު ހުންނަ އަދި ފުޅާމިނުގައި 30 މީޓަރު ހުންނަ ރަންވޭ އެކެވެ. މީގެ އިތުރުން 90 މީޓަރުގެ ޓެކްސީ ވޭއަކާއި 50 މީޓަރުގެ އޭޕްރަންއެއްވެސް ވަނީ ހަދާފައެވެ.
މިއެއާ ޕޯޓަކީ 2018 ވަނައަހަރު އެމްޑީޕީ ސަރުކާރުން ބިނާކުރި 2ވަނައެއާޕޯޓް އެމްޑީޕީ ސަރުކާރުގެ އަމާޒަކީ މީހުންދިރިއުޅޭ ހުރިހާ ރަށަކު މިކަހަލަ ނިޒާމެއްއޮތުން އެމްޑީޕީގެ ވެރިކަމަށް އައީ މިކަހަލަ ވައުދު ފުއްދަން ނިކަމެތި މީހާގެ ޖީބު ފުރާލަ ދޭނެބައަކު ހޯދަން ބޭނުން ވެއްޖެ ވީމާ މިކަމަށް ސައުގުވެރިވެލަށްވާ ފަށާތަކުން މާދަމާ އެމްޑީޕީގެ ހެޑުއޮފީހައް ވަދެ މައުލޫމާތު ސާކުރައްވާ