މެދު ރާއްޖެތޭރޭގެ ރަށެއްގައި ރޭގެ ވަގުތެއްގައި 3 ފިރިހެނުންވެގެން 17 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްފިއެވެ.

ފުލުހުން ބުނީ، ރޭގެ 8:15 ހާއިރު ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ރަށެއްގައި 3 ފިރިހެނުންގެ ގްރޫޕަކުން 17 އަހަރުގެ އަންހެން ކުއްޖަކު ގޭންގް ރޭޕް ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލަ ހުށަހަޅާފައި ވަނީ މިރޭގެ ވަގުތެއްގައި ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި އަދި އެއްވެސް ފަރާތެއް ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކަކީ ވަަރށް ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުންދާ މައްސަލައެއް ަކަމށެވެ. އަދި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމަށް ކުއްޖާގެ އަތޮޅާއި ރަށް ފުލުހުން ހާމަނުކުރާ ކަމަށްވެސް އެފަރާތުން ބުނެއެވެ.

މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

މި ޖެނުއަރީ މަހުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ގިނައިން ރިޕޯޓުކުރަމުންދާ ކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން މާލޭގައި 14 އަހަރުގެ އަންހެން ކުއްޖަކު ޖިންސީ ގޯނާކުރުމަށްފަހު ބްލެކް މެއިލްކޮށް ރޭޕްކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. މި މައްސަލައިގެ ތުހުމަތުގައި އުމުރުން 36 އަހަރު ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ސިފައިންގެ މީހެކެވެ.