ސިނަމާލެ ބްރިޖަށް މާލެއިން އަރާ ހިސާބުގައި ހުރި ލައިޓް ކައިރީގައި ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓްވެ އަނހެނަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، ހުޅުމާލެ ބްރިޖްގެ މާލެއަށް އަރާ ހިސާބުގައި ހުރި ލައިޓް ކައިރިން ކާރަކާއި ސައިކަލަެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިރޭ 7:15 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 27 އަހަރުގެ އަންހެނަކަށް ކަމަށާއި މިހާރު އޭނާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުންފަރުވާ ދެމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި އެކްސިޑެންޓްގައި އނަިޔާވި އަނހެން މީހާގެ ހާލު ސީރިއަސް ނޫން ކަމަށް އައިޖީއެމްއެޗުން މައުލޫމާތު ދޭ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ އަންހެން މީހާގެ ބޭރުފުށުން ސީރިއަސް އަނިޔާއެއް ފެންނަން ނެތްކަމަށްވެސް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ކާރުގެ ފަހަތުން ދުއްވާފައި އައި ސައިކަލު ކުރީގައި އޮތް ކާރުގައި ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް އެ ފަރާތުން ބުނެއެވެ.