ވެހިކަލްތަކުގައި ސްޓިކާޖެހުން ހުއްޓާލުމަށް ފަހު މި ސަރުކާރުން ރައްޔިތުން ފެލަން އާ ބާބެއް ފަށާފައި ވާކަމަށް ގާނޫނީ ވަކީލް އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.
ވެހިލްތަކުގައި ސްޓިކާ ޖަހައިގެން ސަރުކާރުން އާމްދަނީ ހޯދާ ވާހަކައަކީ އާންމުކޮށް ފަހަކަށް އައިސް އާންމުކޮށް ދެކެވެމުންދާ ވާހަކައެކެވެ. ނަމަވެސް އެކަން ހުއްޓާލުމަށްފަހު ރައްޔިތުން އަތުން ފައިސާ ހޯދަން މި ސަރުކާރުން އާކަމެއް ފަށަފައިވާ ކަމަށް އާދަމް ޝަމީމް ވިދާޅުވެއެވެ.
ޝަމީމް ވިދާޅުވީ، މި ސަރުކާރުގެ ބަޖެޓް ހުސްވަނީ ކަމަށާއި މިހާރު މާ ނުރައްކާ ކަމެއް މި ސަރުކާރުން ފަށައިގެން އުޅޭ ކަމަށެވެ. އެގޮތުން މިހާރު ފެނަކައިން އެމަހެއްގެ ކަރަންޓު ބިލު އެމަހެއްގެ 10 ގެ ކުރިން ނުދައްކައިފި ނަމަ 3 ދުވަހުގެ ރަތް ނޯޓިސް ދީފައި 4 ވަނަ ދުވަހު ކަރަންޓު ކަނޑާލަން އަންގާގޮތަށް ވަނީ ތަންފީޒުކުރަން ފަށާފައި ކަމަށް ޝަމީމް ވިދާޅުވިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ޝަމީމް ވިދާޅުވީ، ބިލު ނުދައްކައިގެން ކަރަންޓު ކަނޑާލާތީ އޭނާ ފެނަކައަށް ގުޅުއްވި ކަމަށާއި، އެފަރާތުން ބުނިގޮތުގައި ރެޑް ނޯޓިސްއަށް އަރާފައި އޮތް އަދަދުގައި ވަނީ މިމަހުގެ ބިލާއި ކުރީ މަހުގެ ބިލް އެއްކޮށްލާފައި ކަމަށެވެ.
މިހާ ހިސާބުން ދެބިލް ރެޑްނޯޓިސް ވާންޖެހޭ ސަބަބު އޮޅުން ފިލުވަން އޭނާ ސުވާލު ކުރެއްވި ކަމަށާއި، ފެނަކައިން ބުނީ މިހާރު ސާކިއުލާއެއް ފޮނުވާފައިވާ ކަމަށާއި ކުރީގައި އެއްމަހުގެ ބިލު ބަހައްޓާ އުސޫލުން ނުބެހެއްޓޭނެ ކަމަށް ބުނިކަމަށެވެ.
'ދަ ޕްރެސް' މި ކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ، އެންމެ ފުރަތަމަ އޮންނަ ގޮތަށް މިހާރުވެސް އޮތް ކަމަށެވެ. އިތުރު ބަދެއް ނުގެންނަ ކަމަށާއި ކުރިންވެސް ބޭނުން ކުރަމުން އައި އުސޫލުގެ "ރިމައިންޑާ" އެއް ފެނަކައިގެ ގޮފިތަކުން ދޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ އެއީ ކުރިންވެސް ފެނަކައިން ބޭނުންކުރަމުން އައި އުސޫލެއް ކަމަށާއި، ނަމަވެސް އަނގަބަހުން ބައެއް ފަރާތްތަކުން ހަމަޖައްސަމުން އައި ގޮތެއްކަމަށް ވިދާޅުވަމުން ސައީދު ވަނީ ބައެއް ފަރާތްތަކުން ތިން ހަތަރުމަހުގެ ބިލް އެއްކޮށްލައިގެން ދައްކަމުން ދިޔައިރު ބިލު ނުދެއްކިގެން އުޅޭ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
154 ރަށުގައި ހުރި ބްރާންޗްތަކަށް މި ސާކިއުލާ "ރިމައިންޑާ" އަށް ފޮނުވާފައިވާނެ ކަމަށާއި އެގޮތުން މެޖޯރިޓީ މީހުން މިއީ ރަނގަޅު ގޮތެއް ކަމުގައި އެއްބަސްވާ ކަމަށް ސައީދު ވިދާޅުވެއެވެ. އެގޮތުން ރައްޔިތު މީހާއަށް މިގޮތަށް ކަރަންޓު ބިލު ދެއްކުމުން ޖޫރިމާނާއަށް އަރާ ފައިސާ ނާރާނެ ކަމަށާއި ތިން ހަތަރު މަހުގެ ބިލް ދައްކަން ވީމައި ދަތިވާނެކަމާށާއި އެ ދަތިކަންވެސް ފިލައިގެން ދާނެކަމަސް ސައީދު ވިދާޅުވިއެވެ.
ނަމަވެސް ބައެއް ބޭފުޅުންގެ ޝަކުވާތަކެއް އެބަހުރި ކަމަށް ސައީދު ފާހަގަކުރެއްވިއެވެ. ދަތިކަމެއް ދިމާވެގެން ބިލް ނުދެއްކޭ ފަދަ ހާލަތެއް ދިމާވެއްޖެ ކަމަށް ވާނަ ނަމަ އެފަރާތަކަށް ލުއި ގޮތްތަށް ފަހިކޮށްދެއްވާނެ ކަމަށް ސައީދު ވިދާޅުވިއެވެ. އެގޮތުން އެފަރާތެއްގެ ހާލަތަށް ބެލުމަށްފަހު އިންސްޓޯލްމަންޓަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމްވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރީޚިޔާލުގެ ބާކީ: ޜައްޔިތުންނަށް ހަޤީގަތާ އެއްގޮތަށް ވާހަކަތައް ލިޔުއްވާ ނުވަތަ ވިދާޅުވެލެއް ވުން ބުއްދިވެރި.
ޥަކީލު ޝަހީމް އެވާހަކަ އެދެއްކެވީ މުޅިން އޮޅުވާލައްވްއިގެން. ރައްޔިތުންގެ ހިއްތަކުގައި ސަރުކާރާއިމެދު ނަފްރަތު އުފެއްދުމައްޓަކައި. މީވަރައްދެރަކަމެއް މިފަދަ ތަޢަލީމީ ޤާބިލް ބޭފުޅުން މިގޮތައް އޮޅުވައި ލައްވައިގެން ވާހަކަ ދެއްކުމަކީ. ފެނަކައިން ރިމައިންޑަރ ކުރެއްވި ސަރކިއުލާ އަކި އެންމެ ފުރަތަމަ ޔުޓިލިޓީ އުފެދިގެން އައި ދުވަސްވަރުވެސް އެކަންއޮއި ގޮތް ވަކިއިތުރު ގޮތެއް(ބަދަލެއް) ނުގެންނަވާ. ޥީމާ މިފަދަ ދެކޮޅުނުޖެހޭ ދޮގިވާހަކަ